މ.މުލިން ފުރައިގެން މާލެ ދަތުރުކުރި ސީއެމްބިއުލަންސް ލޯންޗަކާއި މާލެ އިން ފުރައިގެން ދަތުރުކުރި އެހެން ލޯންޗެއް ޖެހި އެކްސިޑެންޓުވެއްޖެއެވެ.
އިތާފުށި ރިސޯޓު ކައިރިން ހިނގި މިހާދިސާ ގައި ދެ ލޯންޗުގައި ތިބި ބައެއް މީހުންނަށް އެކިވަރުގެ އަނިޔާ ލިބިގެން އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން ވަނީ ހަރަކާތްތެރިވާން ފަށައިފައެވެ.
އެމްއެންޑީއެފް އިން ބުނެފައިވަނީ މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިރޭ 01:00 ހާއިރުކަމަށެވެ.
މި ހާދިސާ ހިނގި އިރު ސީއެމްބިއުލަންސް ލޯންޗުގައި 8 މީހުން ތިބިއިރު މީގެ ތެރެއިން 2 މީހަކައަށް އެކިވަރުގެ އަނިޔާ ލިބިފައެވެ. އަދި އަނެއް ލޯންޗުގައި 2 މީހުން ތިބިއިރު އޭގެ ތެރެއިން ލޯންޗު ދުއްވަން ހުރި ކެޕްޓަނަށް އެކިވަރުގެ އަނިޔާ ލިބިފައިވާކަމުގެ މަޢުލޫމާތު ވަނީ ލިބިފައެވެ
މި ހާދިސާގައި އަނިޔާވި މީހުން މާލެ ގެނައުމަށްޓަކައި އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ލޯންޗެއް އަންނަނީ ހަރަކާތްތެރިވަމުންނެވެ.