ކަނޑޫމާރިސޯޓނެރުމައްޗައް 65 ފޫޓްގެ " ވީނަސް " ނަމަކަށް ކިޔާ ދޯންޏެއް އުރި،
އެ ދޯނީގެ ބަނޑުފިލައިން މަޑުލެއް ނެޓިގެން ދޯނި ދިޔަވަމުން ދާކަމުގެ މައުލޫމާތު އެމްއެންޑީއެފް ލިބުމުން ހަރަކާތްތެރިވާން ފަށައިފިއެވެ.

މި ޙާދިސާގެ މައުލޫމާތު ލިބިފައިވާކަމަށް އެމްއެންޑީއެފް އިން ބުނީ މިއަދު ހެނދުނު 830 ހާއިރު ކަމަށެވެ. މި ޙާދިސާ ހިނގިތާ ގައި ޑައިވަރުން ދަނީ ޑައިވް ކުރަމުންނެވެ.
މިދޯނީ ގައި ތިބީ 3 ދިވެހިން އަދި މިދޯންޏަކީ ކަނޑޫމާ ގެ ސަޕްލައި ދޯނިއެވެ،