އެމްއެމްޕީއާރްސީ މައްސަލަ ބެލުމުގެ އިހުލާސްތެރިކަމާއި ޤާބިލުކަން މިސަރުކާރުގައި އެބައޮތް! އެއްބާރުލުން ދޭނަން: އަދީބު

ހަސަން އަލީ
ކިޔުމަށް ހޭދަވާނީ 1މ 5ސ
އެމްއެމްޕީއާރްސީ މައްސަލަ ބެލުމުގެ އިހުލާސްތެރިކަމާއި ޤާބިލުކަން މިސަރުކާރުގައި އެބައޮތް! އެއްބާރުލުން ދޭނަން: އަދީބު

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ މައްސަލަ ބަލުމުގެ އިހުލާސްތެރިކަމާއި ގާބިލުކަން މިސަރުކާރުގައި އެބައޮތް ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް އެއްބާރުލުން ދޭނެކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މިއަދު ވިދާޅުވެއްޖެއެވެ.

އަދީބު މިހެން ވިދާޅުވީ އެމްއެމްޕީއާރުސީ ގެ ޚިޔާނާތާ ގުޅިގެން އޭނާގެ މައްޗަށް ދައުލަތުން އުފުލި ހަތް ދައުވާ ވެސް ކްރިމިނަލް ކޯޓުން ބޭރުކޮށްލުމުން ދައުލަތުން ހައިކޯޓުގައި އިސްތިއުނާފް ކުރި މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމުގައެވެ.

މި މައްސަލަތައް ބޭރުކޮށްލުމުގެ އެއް ސަބަބެއް ކަމަށް ކްރިމިނަލް ކޯޓުން ބުނެފައިވަނީ އަދީބާ އެކު އިއުތިރާފުގެ އެއްބަސްވުމެއް ދައުލަތުން ހެދީ ގޯސްކޮށް ކަމަށް ބުނެއެވެ. 

ހައި ކޯޓުގައި ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި ވަކީލަކާ ނުލައި މައްސަލަ ކުރިއަށް ގެންދަވަން ނިންމުމަށް ފަހު އަދީބު ވިދާޅުވީ އެމްއެމްޕީއާރްސީގެ މައްސަލައިގައި އޭނާ އަށް ދެވުނު ހުރިހާ އެއްބާރުލުމެއް ސަރުކާރަށް ދޭނެ ކަމަށާއި ރައީސް ސޯލިހުގެ މި ސަރުކާރުގައި މި މައްސަލަ ބަލާ ނިންމަން އިހުލާސްތެރިކަމާއި ގާބިލުކަން އެބައޮތްކަމަށެވެ.

އަދީބު ވިދާޅުވީ އިއުތިރާފުގެ އެއްބަސްވުމުގައި ސޮއިިކުރެއްވީ މަޖުބޫރު ކޮށްގެން ކަމަށް ކޯޓުގެ ނިންމުމުގައި އޮތަސް، އެފަދަ އެއްވެސް މަޖުބޫރީ ހާލަތެއް ކުރިމަތިވެފައިވާ ނުވާ ކަމަށެވެ.

މިއަދު އޮންލައިން