އާޓިފިޝަލް ބީޗް ސަރަޙައްދުގަ އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގައި އަނދަމުންދަނީ!

އަހުމަދު
ކިޔުމަށް ހޭދަވާނީ 36ސ
އާޓިފިޝަލް ބީޗް ސަރަޙައްދުގަ އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގައި އަނދަމުންދަނީ!

 

މާލޭ އާޓިފިޝަލް ބީޗް ސަރަހައްދުން ބޮޑުތަކުރުފާނު މަގުގައި އަލިފާނގެ ބޮޑު ހާދިސާއެއް ހިނގައި އަނދަމުން އެބަދެއެވެ.

އެމްއެންޑީއެފުން ބުނީ އަލިފާން ރޯވެފައިވަނީ ބެންކު އޮފް މޯލްޑިވްސް ސެލްފްސާވިސް ސެންޓަރާއި ޖެހިގެން "ޓީއޯލޯ" ގެ ނަމުގައި ހިންގަމުން އައި އުސް އިމާރާތުގައި ކަމަށެވެ.

މިހާރުވަނީ ކައިރިން ހުންންނަ ސްޓޭޓް ބޭންކް އޮފް އޮންޑިއާގެ އިމާރާތުގެ ބައެއްގައި ވެސް އަލިފާން ރޯވެފައެވެ.

އެމްއެންޑީއެފުން މިރޭ ބުނީ އަލިފާނުގެ ހާދިސާއާއި ގުޅިގެން ކައިރި އިމާރާތްތަކުން މީހުން ހުސް ކުރަމުންދާ ކަމަށެވެ. އަދި އަލިފާނު ނިއްވާލުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިހާދުސާގައި އެއްވެސް މީހަކަށް އަނިޔާވިކަމުގެ މައުލޫމާތު އަދި ލިބިފައެއް ނުވެއެވެ.

 

މިއަދު އޮންލައިން