ރޭ ފާމަސީއަށް ބޭސް ގަންނަން ދިއަ އަންހެން މީހާ ކައުންޓަރުކައިރީގައި ހުއްޓާ ޖިންސީ ގޯނާކުރީ ބިދޭސީއެއް ކަމަށް ފުލުހުންގެ މީޑިއާ ގްރޫޕުގައި މިހާރުވަނީ ހާމަކޮށްފައެވެ.
އެއްވެސް ފާމަސީއެއްގައި ޚިދުމަތް ދޭން ބިދޭސީއަކަށް އެކަނި ނުހުރެވޭ ގޮތަށް ޤަވާއިއދު ހަދައި އެކަން ތަންފީޒުކުރި ދުވަސްތަކެއްވެސް ވަނީ ފާއިތުވެފައެވެ. އެ ޤަވައިދު އުވައިލިކަން އެނގިފައެއް ނުވެއެވެ.