ފެންނަން ހުރި ޞައްޙަ ޙަދީޘްފުޅުތަކަށްބަލާއިރު ޟުޙާ ނަމާދުގަ 2 ރަކްއަތް ކުރަން ރަސޫލް (ޞޢވ) އިރުޝާދު ދެއްވަވާފައިވެއެވެ. އަދި 4 ރަކްޢަތާއި 8 ރަކްޢަތް ރަސޫލް (ޞޢވ) ވަނީ ކުރައްވަވައިފައެވެ. 8 ރަކްޢަތް ކުރައްވަވާފައިވަނީ މައްކާ ފަތަޙަ ކުރެއްވެވި ދުވހުއެވެ.
އެންމެ ގިނަ ހަދީޘްފުޅުތައް ރިވާ ކުރެއްވެވި އެއް ބޭކަލަކު ކަމުގައިވާ އަބޫހުރައިރާގެ އަރިއަހުން ރިވާވެގެންވެއެވެ. "ތިމަންކަލޭގެފާނުގެ ޞާޙިބާ، (ޞޢވ) 3 ކަމަކަށް ތިމަންނާއަށް ވަޞިއްޔަތް ކުރެއްވެވިއެވެ. އެއީ ކޮންމެ މަހަކު 3 ދުވަހު ރޯދަހިފުމަށާއި ޞުޙާގެ 2 ރަކްޢަތް ނަމާދު ކުރުމާއި ނިދުމުގެ ކުރިން ވިތުރިކުރުން ކަމަށެވެ."
އަބޫ ޛައްރުވެސ ްރިވާކުރައްވަވާފައިވަނީ 2 ރަކްޢަތް ކަމަށެވެ. 12 ރަކްޢަތް ކަމަށް ބަޔާން ކުރާ ޙަދީޘަކީ ސަނަދުގެ ގޮތުން ބަލިކަށި ޙަދީޘްއެކެވެ.
ޟުޙާ ނަމާދުގެ ވަގުތަކީ އިރުއަރައި 15 ވަރަކަށް މިނިޓް ވުމެވެ.
ވީމާ ސުންނަތުން ސާބިތުވާ ޢަދަދުތަކުން އެމީހަކުކުރަން ބޭނުންވަރަކަށް ކުރާށެވެ. އެއީ 2،4،8 އެވެ.
- ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު