ނެޕީ ޖަހަންޖެހޭ ބަލި މީހުންވެސް ބުއްދި ސަލާމަތުން ހުރިނަމަ ނަމާދުކުރަން ޖެހޭނެ!: ޑރ. ޝަހީމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 59ސ
ނެޕީ ޖަހަންޖެހޭ ބަލި މީހުންވެސް ބުއްދި ސަލާމަތުން ހުރިނަމަ ނަމާދުކުރަން ޖެހޭނެ!: ޑރ. ޝަހީމް

ޢުމުރުން ދުވަސްވުމުގެ ސަބަބުން ނުވަތަ ަބއްޔެއްގެ ސަބަބުން މީހަކަށް ނެޕީޖަހައިގެްނ އުޅެންޖެހިފައި ނުވަތަ ނެޕީޖައްސާފައި އެނދުގައި ބާއްވަން ޖެހުނު ނަމަވެސް އޭނާގެ ބުއްދި ސަލާމަތުން ހުރި ނަމަ އޭނާގެ މައްޗަށް ނަމާދުވާޖިބުވާނެއެވެ. އޮތީ ނަމާދުކުރުމެވެ. 

ބައްޔެއްގެ ސަބަބުން ބުއްދިފިލައި ހިނގައްޖެ ނަމަ ނަމާދު ވާޖިބެއް ނުވާނެއެވެ. 

(އެއިގެ މާނައަކީ ދުނިޔަވީ ކަންކަމާއި މަސްއޫލުވުމުގެ ސަބަބުން ނުވަތަ އެނޫންވެސް އެފަދަ ސަބަބެއް މެދުވެރިވެގެން ހަނދާންނެތުމެއް ނޫނެވެ. ނަމާދުވަގުތުޖެހި ފާއިތުވެގެންދާއިރު ނިދާފައި އޮތް މީހާއަށާއި އަދި ހަނދާން ނެތުނު މީހާއަށް އޮތީ ހަނދާންވުމުން އަވަހަށް އެ ނަމާދު ޤަޟާކުރުމެވެ.)

ކޮޅަށް ނުހުރެވޭ މީހާ އިށީނދެ އިނދެގެން ކުރާނީއެވެ. އިށީނދެއިނދެގެން ނުކުރެވޭ މީހާ އޮށޯވެ އޮވެގެން ކުރާނީއެވެ. ދުލުން ނުކިޔޭނަމަ ހިތްމައްޗަށް ކަންކަން ގެނެސްގެން ކުރާނީއެވެ. 

އަމިއްލައަށް ވުޟޫ ނުކުރެވޭ ޙާލަތުގައި ތިބޭ ބަލިމީހުން ވުޟޫކުރުވުމަކީ ޢާއިލާގެ މައްޗަށް އޮތް ވާޖިބެކެވެ. ބަލިޙާލުގެ ސަބަބުން ވުޟޫކުރެވެން ނެތް ނަމަ ތަޔައްމަމް ކުރާނީ އެވެ. 

ކޮންމެ ޙާލަތެއްގައިވެސް ނަމާދު ނުއަޅާށެވެ! އެއީ އިސްލާމް ދީނުން ބޭރުވެގެން ހިނގައިދާނެ ކަމެއް ކަމުގެ ބިރު އޮތުމުންނެވެ.  

- ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު

މިއަދު އޮންލައިން