ތިލާވަތުގެ ސަޖިދަ ޙައިޟުވެރިންނަށްވެސް ކުރެވޭނެ!: ޑރ.ޝަހީމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 50ސ
ތިލާވަތުގެ ސަޖިދަ ޙައިޟުވެރިންނަށްވެސް ކުރެވޭނެ!: ޑރ.ޝަހީމް

ކީރިތި ޤުރްޢާން ކިޔަވަމުންދާއިރު ތިލާވަތުގެ ސަޖިދަ ކުރަން ފާހަގަކޮށްފައި ހުންނަ ތަނެއް ކިޔެވުމަށްފަހު ޙައިޟުވެރިންނަށާއި ނިފާސްވެރިންނަށްވެސް ތިލާވޗަތުގެ ސަޖިދަ ކުރެވޭނެއެވެ. އެއީ ނަމާދުކުރުން ފަދަ ވުޟޫކޮށްގެން ކުރާ ކަމަކަށް ނުވާތީއެވެ. 

ނަމާދުކުރުމަށްޓަކައި ވުޟޫކުރަން ޖެހޭ ފަދައިން ކީރިތި ޤުރްއާން ކިޔަވަން ވުޟޫކުރާކަށް ނުޖެހެއެވެ. ވީމާ ޙައިމުވެރިޔާ ވެސް އަދި ނިފާސްވެރިޔާ ވެސް ތިލާވަތުގެ ސަޖިދަވަޅެއް އައުމުން ސަޖިދަކުރާށެވެ! އެއީ ވުލޫކުރަންޖެހޭ ޙާލަތެއް ނޫނެވެ. 

ތިލާވަތުގެ ސަޖިދަ ކުރުމަކީ ސުންނަތެކެވެ. ވާޖިބެއް ނޫނެވެ. އެ މަޤާމްތަކުގައި ރަސޫލް (ޞޢވ) ތިލާވަތުގެ ސަޖިދަ ކުރައްވަވައެވެ. އަދި އަނެއްބައި ފަހަރު ނުކުރައްވަވައި ދޫވެސް ކޮށްލައްވަވފައި ވެއެވެ.  

ތިލާވަތުގެ ސަޖިދަ ކުރަން ބޭނުން ނުވެގެން ނުކުރުމަކުން އދި ހަނދާންނެތި ނުކޮށް ދޫކޮށްލެވުމަކުން ފާފަވެރިއެއް ނުވާނެއެވެ. ނަމަވެސް އެއީ ކުރަން ސުންނަތުގައި ބަޔާންވެ ފެންނަން އޮތް ކަމަކަށްވުމުން ކުރުމުން ޘަވާބު ދެއްވަވާނެތެވެ! އިން ޝާ ﷲ

- ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު

މިއަދު އޮންލައިން