ރަސޫލް (ޞވޢ) ޙަދީޘްފުޅު ކުރައްވަވާފައިވެއެވެ. "ދުލަށް ވަރަށް ލުއި ދެ ކަލިމައެއް ވެއެވެ. (ދޫމައްޗަށް ވަރަށް ފަސޭހަ ދެ ކަލިފުޅެއް ވެއެވެ) ﷲ ގެ ހަޟްރަތުގައި މީޒާނުގައި ވަރަށް ބުރަ ދެ ކަލިމަފުޅެއް ވެއެވެ. ރަޙްމާންވަންތަ ރަޙީމްވަންތަ ﷲ ގެ ޙަޟްރަތުގައި އެދެކަލިމައިގެ ލޮބުވެތިކަން ބޮޑެވެ."
ވިސްނަވާށެވެ! ދޫމައްޗަށް ކިޔައިލަން ފަސޭހައެވެ. އެއިގެ މަތިވެރިކަން ބޮޑުކަމުން މީޒާނުގައި އެހައި ބުރައެވެ. ރަޙްމާންވަންތަ ﷲ ގެ ޙަޟްރަތުގައި ލޮބުވެތިކަން ބޮޑުވުމުގެ މާނައަކީ އެ ދެ ކަލި ދެކެ ﷲ ލޯބިފުޅުވެވޮޑިގެންވެއެވެ.
އެދެ ކަލިމައަކީ سُبْحَانَ اللَّهِ وَبِحَمْدِهِ، سُبْحَانَ اللَّهِ العَظِيم އެވެ.

މި ދެ ކަލިމަ ސަޖިދައިގަ އާއި ޛިކުރުކުރާއިރު އާއި އަދި ﷲ ހަނދުމަކުރަން އިންނަ އިނުމުގައި ކީދާނެއެވެ. އިޢްތިކާފަށް އިނދެގެންވެސް ކީދާނެއެވެ. މި ދެ ކަލިމަ ކިޔުންމަތީގައި ތިބުމުން ﷲ ގެ ލޯބިވެވޮޑިގަތުން ލިބޭނެއެވެ. މީޒާނުގަ ސަވާބު އިތުރުވެގެންދާނެއެވެ. ކިޔުމަކީވެސް އެހައި ބުރަކަމެއް ނޫނެވެ.
- ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު ދެއްވި ޚާއްޞަ ދަރުސަކުން
ދަރުސްގެ ވީޑިއޯ: