ސަޖިދައަކީ ދުޢާ ޢިޖާބަ ކުރައްވަވާ މަޤާމެއް! ދުޢާކުރުން ގިނަކުރައްވާ!: ޑރ.ޝަހީމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 6ސ
ސަޖިދައަކީ ދުޢާ ޢިޖާބަ ކުރައްވަވާ މަޤާމެއް! ދުޢާކުރުން ގިނަކުރައްވާ!: ޑރ.ޝަހީމް

ރަސޫލް (ޞޢވ) ޙަދީޘްފުޅުކުރައްވަވާފައިވެއެވެ. "އިންސާނާ އާއި އޭނާ ހައްދަވައި ގެންގުޅުއްވަވާ އިލާހް (ﷲ ތައާލާ) އާއި އެންމެ ބޮޑަށް ކުއްތަންވެވޭ ވަގުތަކީ ސަޖިދައިގައި އެމީހަކު އޮންނަ ވަގުތެވެ. އެ ވަގުތު ތިއަބައިމީހުން ގިނަގިނައިން ދުޢާކުރާށެވެ!" ވީމާ ސަޖިދައިގައި އޮންނަ ވަގުތު ﷲ ތަޢާލާއަށް ގިނަގިނައިން ދުޢާކުރުމަކީ ވަރަށް ބޭނުންތެރި އަދި ވަރަށް މުހިންމު ކަމެކެވެ. 

ފަރުޟު ނަމާދުތަކުގައިވެސް އަދި ސުންނަތް ނަމާދުތަކުގައި ވެސް ސަޖިދައިގައި ކިޔަން ޖެހޭ ތަސްބީހައިގެ އިތުރުން ދުޢާކުރެވޭނެއެވެ. އަދި ތަސްބީޙްތައްވެސް ކިޔޭނެއެވެ. އެކަނިހުރެ ނަމާދުކުރާއިރު ސަޖިދައިގައި ވަގުތު ދިގުކުރެވޭނެއެވެ. އެވަގުތުގައި ދުޢާކޮށް ތަސްބީޙަ ކިޔުން ގިނަކުރާށެވެ! އެއީ ދުޢާ ޢިޖާބަކުރައްވަވާ މަޤާމެކެވެ. 

ކީރިތިނ ޤުރްއާނުގައާއި ރަސޫލް (ޞޢވ)ގެ ސުންނަތުގައި ވާރިދުވެފައިވާ ދުޢާތައް ކުރެވޭނެއެވެ. 

ސުންނަތް ނަމާދުތަކުގައި، ތަރާވީޙް ނަމާދުގައި، ދަމުނަމާދުގައި ސަޖިދައިގައި ތިމާގެ އަމިއްލަ ނަފްސަށާއި މައިންބަފައިންނަށާއި ޢާއިލާގެ މީހުންނަށް ގިނަގިނައިން ދުޢާކުރެވޭނެއެވެ. އެކަންކުރާށެވެ! 

ނަމަވެސް ރުކޫޢުގައި ދުޢާކުރުމެއް ނެތެވެ. އޮތީ ﷲ ތަޢާލާ މަތިވެރިކުރުމެވެ. ﷲ އަށް މަދަހަ ޘަނާ އާއި ތަޢްރީފް ދެންނެވުމެވެ. 

ރަމަޟާންމަހުގެ ދުވަސްތައް ފާއިތުވަމުންދާއިރު ވީހައި ގިނައިން ސަޖިދައިގައި އޮވެ ދުޢާކުރަމުން ގެންދާށެވެ!

- ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދުނޫހަށް ދެއްވި ޚާއްޞަ ދަރުސަކުން 

ދަރުސްގެ ވީޑިއޯ:

މިއަދު އޮންލައިން