މިރޯދަމަހު އަޅުގަނޑުމެން ގޭގައި ހުރިތަކެތިން ރޯދަވީއްލާއިރު އަވަށްޓެރިޔާ ހުރީ ކައިގެންކަން ބަލަން ޖެހޭނެއެވެ. މަންމަ އާއި ބައްޕަ ކެއީ ކޮން އެއްޗެއްކަން ބަލަން ޖެހޭނެއެވެ.
"އަޅުގަނޑުމެން މީރުތަކެތިކައި އެތަކެތީގެ ރަހަ މައިންބަފައިންނަށް ނުދައްކައު ކެއުމަށްވުރެ ވަކިން ނުބައިކަން ބޮޑު ކަމެއް ނޯންނާނެ! ﷲ ތައާލާ ޤުރްއާނުގައި ވަޙީކުރައްވަވާފައިވޭ. މައިންބަފައިންނަށް އިޙްޞާންތެރިކޮށް ހިތުމަށް ﷲ ތަޢާލާ ތިއަބައިމީހުންނަށް ކަނޑައަޅުއްވަވާފައިވާ ކަމަށް."
އަދި އެއިގެ އިތުރުން ޢާއިލާގެ މީހުން ތިބީ ކައިގެންތޯ ބޮއިގެންތޯ ބަލަން ޖެހޭނެއެވެ. އަދި ރަށުގައި ތިބި ދަތުރުވެރިންނާއި މިސްކީނުން ތިބީ ކައިގެންތޯ ބަލައި އެމީހުންގެ ޙައްޤުވެސް އެމީހުންނަށް ދޭންޖެހޭނެއެވެ.
މިރަމަޟާންމަސް ނިމިގެންދާއިރު އަޅުގަނޑުމެންގެ އިތުރުން އަޅުގަނޑުމެންގެ އަނބިދަރީންނަށް މި ތަރުބިއްޔަތުލިބިގެންދޭތޯވެސް އަޅުގަނޑުމެން ބަލަން ޖެހޭނެއެވެ.
- ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދުނޫހަށް ދެއްވި ޚާއްޞަ ދަރުސަކުން
ދަރުސްގެ ވީޑިއޯ: