ދިރާގާއި ޝެމަރޫ ގުޅިގެން އިންޑިއާގެ މަޝްހޫރު ފިލްމުތައް ދިރާގު ޓީވީން ގެނެސްދެނީ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 2މ
ދިރާގާއި ޝެމަރޫ ގުޅިގެން އިންޑިއާގެ މަޝްހޫރު ފިލްމުތައް ދިރާގު ޓީވީން ގެނެސްދެނީ

ރާއްޖޭގެ އެންމެ ފުޅާދާއިރާއެއްގައި ޑިޖިޓަލް ޚިދުމަތް ފޯރުކޮށްދޭ ކުންފުނި، ދިރާގުން އިންޑިއާގެ މުނިފޫހިފިލުވުމުގެ ކޮންޓެންޓް ހެދުމުގައި އެއްވަނަ ކޮންޓެންޓް ޕްރޮވައިޑަރ ކަމަށްވާ ޝެމަރޫ އިންޓަޓެއިންމެންޓް ލިމިޓެޑް އާ ގުޅިގެން "ޝެމަރޫމީ" ދިރާގު ޓީވީ ވީޑިއޯ އޮން ޑިމާންޑް (ވީ. އޯ. ޑީ) ޕްލެޓްފޯމަށް މިހާރު ވަނީ ގެނެސްފައެވެ. 

މިގޮތުން މިހާރު އިންޑިއާގެ މަޝްހޫރު ފިލްމް ދިރާގު ޓީވީ ވީއޯޑީ ޕްލެޓްފޯމުން ބަލާލެވޭނެއެވެ. މީގެ ތެރޭގައި އިހުގެ ބޮލީވުޑްގެ ސުޕަރ ހިޓް ފިލްމުތަކާއި ބެންގާލީ ފިލްމްތައްވެސް ހިމެނޭނެއެވެ. މި ދުވަސްވަރަކީ މުނިފޫހިފިލުވުމުގެ ކަންތައްތައްވެސް ގޭގައި ތިބެގެން ކުރަން ޖެހިފައިވާ ދުވަސްވަރެއް ކަމުގައި ވުމުން، އިހުގެ އަދި މިހާރުގެ ބޮލީވުޑް ފިލްމްތައް އެއް ތަނަކުން ބަލާލަން މިއީ ރަނުގެ ފުރުސަތެކަށް ވެގެން ދާނެއެވެ.  

ޝެމަރޫގެ ކޮންޓެންޓް ދިރާގުޓީވީ ކަސްޓަމަރުންނަށް މޭ މަހުގެ ނިޔަލަށް %50 ޑިސްކައުންޓާ އެކު، މަހަކު 30 ރުފިޔާ އަށް ބަލާލެވޭނެއެވެ.  

މި ޕާރޓްނާޝިޕާ ގުޅިގެން ދިރާގު ޗީފް މާކެޓިންގ އޮފިސަރ މަހުމޫދް ދަސަރް ދިވާޅުވިގޮތުގައި، ޝެމަރޫމީ ފަދަ ބޮޑު ކޮންޓެންޓް ޕްރޮވައިޑަރ އެއް ދިރާގު ޓީވީ އާ ގުޅުމުން ވަރަށް އުފާވާކަމަށާއި ކަސްޓަމަރުން ގަޔާވާކަހަލަ ހިންދީ ފިލްމުތައް ދިރާގު ޓީވީ ވީއޯޑީ މެދުވެރިކޮށް މިހާރު ބަލާލެވޭނެ ކަމަށް އުންމީދު ކުރާކަމަށެވެ. 

ޝެމަރޫ އެންޓަޓެއިންމެންޓް ލިމިޓެޑްގެ ސީ. އީ. އޯ ހިރެން ގަޑާ ވިދާޅުވިގޮތުގައި، ދިރާގު ފަދަ ބޮޑު ކަސްޓަމަރ ބޭސް އެއް އޮންނަ ކުންފުންޔަކާ ގުޅިގެން ޝެމަރޫ ރާއްޖެއަށް ގެނެއުމުން ވަރަށް އުފާކުރާ ކަމަށެވެ. އަދި އެކި އުމުރުފުރާތަކަށް އެކަށީގެންވާ ކަހަލަ ކޮންޓެންޓް ޝެމަރޫމީގައި އެކުލެވިގެންވާނެ ކަމަށެވެ. 

ވީޑިއޯ އޮން ޑިމާންޑް (ވީ. އޯ. ޑީ) އަކީ މައުލޫމާތާއި މުނިފޫހިފިލުވުމުގެ ކޮންޓެންޓް ބޭނުން ގަޑިއެއްގައި އަދި ބޭނުންތަނެއްގައި ބަލާލެވުމުގެ ފުރުސަތު ހުޅުވައިދޭ ޒަމާނީ ޕްލެޓްފޯމެކެވެ.

ދިރާގުން މަސައްކަތްކުރަމުން ދަނީ ވީއޯޑީ ލައިބްރަރީ އިތުރަށް ފުޅާކޮށް، މުއްސަނދިކޮށް ދިވެހި އަދި ބޭރުގެ ކޮންޓެންޓް ފަސޭހަކަމާއި ހެޔޮ އަގުގައި ބެލުންތެރިންނާ ހަމައަށް ފޯރުކޮށްދިނުމަށެވެ. ދިރާގު ޓީވީ އަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އަދި އެންމެ ފުރަތަމަ އައި. ޕީ. ޓީވީ ގެ ޚިދުމަތެވެ.

 

މިއަދު އޮންލައިން