ހިތްވަރުގަދަކޮށް އެންމެން ނިކަން ފަތިސް ނަމާދުން ދުވަސް ފަށައިބަލާށެވެ! ބަދަލު ފެންނާނެއެވެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
ހިތްވަރުގަދަކޮށް އެންމެން ނިކަން ފަތިސް ނަމާދުން ދުވަސް ފަށައިބަލާށެވެ! ބަދަލު ފެންނާނެއެވެ! އިން ޝާ ﷲ

ނުރައްކާތެރި ކޮރޯނާ ވައިރަސް ރާއްޖެއިންވެސް ފެނުނީއެވެ! މާޔޫސްވާން އަދި ކައިރިވެސް ނުވެއެވެ! ﷲ ގެ ވާގިފުޅާއިއެކު ދިވެހި ރައްޔިތުން އަދިވެސް މިތިބީ ސަލާމަތުންނެވެ! އެންމެ ދިވެއްސަކަށްވެސް އަދި ނުޖެހެއެވެ. 

މިއީ ހިތްވަރު އިތުރުކުރަންވީ ވަގުތެވެ! ނިކަން އެންމެން ފަތިސް ނަމާދުން ދުވަސް ފަށައިބަލާށެވެ! ފަތިހު ނުހޭލެވުނު މީހުން މެންދުރުވަންދެން ނުތިބެ ހޭލެވުމާއިއެކު ފަތިސް ނަމާދުން ނިކަން ދުވަސް ފަށައިބަލާށެވެ! ތިމާ ހުންނާނީ ﷲ ގެ ރައްކައުތެރިކަން ލިބިގެންކަން ކަށަވަރުކުރެވޭނީ އެއިރުންނެވެ. 

ހިތުގައި ﷲ އަށް އިޚްލާޞްތެރިކަން އެބަ އޮތް ކަމަށް ބުނެލުމަކުން ނުފުދޭނެއެވެ! އިޚްލާޞްތެރިކަމާއި ކިޔަމަންތެރިކަން ދައްކަން ޖެހޭނީ ޢަމަލުންނެވެ! ފުރަތަމަ ޢަމަލު ފަތިސް ނަމާދުކަމަށް ހަދާށެވެ! ކިޔަމަންތެރިކަން އަދާކުރުމަކީ އެއީއެވެ! 

ބަސް އަހާ ކިޔަމަންތެރި ދަރިންގެ ބޭނުންތައް ފުއްދައިދޭން އަހަރެމެން އިސްކަން ނުދެމުހެއްޔެވެ؟ އެކަލާނގެއީ ކިޔަމަންތެރިނުވާ އަޅުންގެ ބޭނުންތައްވެސް ފުއްދަވައި ދެއްވަވާ އޯގާތެރިވަންތަ، ދީލަތިވަންތަ އިލާހްއެވެ! ވީއިރު ﷲ އަށް އިޚްލާޞްތެރި ކިޔަމަންތެރި އަޅުންގެ ބޭނުންތައް ފުއްދަވައި ދެއްވަން ﷲ އިސްކަން ދެއްވަވާނެ މިންވަރު ހިތަށް ނިކަން ގެނެސްބަލާށެވެ!  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން