ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލްމުޣުނީ ދެއްކި ވާހަކަތައް ކުށްވެރިކުރި ފަދައިން އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ނަމަވެސް އެހެން މީހަކު ނަމަވެސް ދައްކާ އިސްލާމް ދީނާއި ޚިލާފް ވާހަކަތައްވެސް ކުށްވެރިކޮށް ދިނުމަށް ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް އެދިވަޑައިގެންފިއެވެ.
ޑރ. އިޔާޟް މިމޭރުމުން ވިދާޅުވެފައިވާއިރު އިދިކޮޅު މެންބަރުންނަސް ކޮރޯނާ ވައިރަސް ޖައްސާނެ ކަމަށް ޢަބްދުލްމުޣްނީ ވިދާޅުވުމުން އެމްޑީޕީގެ އިސް ގިނަ އަދަދެއްގެ ބޭފުޅުންވެސް ވަނީ އޭނާގެ ވާހަކަތައް ކުށްވެރިކުރައްއވައިފައެވެ. ނަތީޖާއެއްގެ ގޮތުން އެމްޑީޕީން ފަހުން ވަނީ ޢަބްދުލްމުޣްނީ ދެއްކި ވާހަކަތަކަށް މާފަށްވެސް އެދިފައެވެ.
ޑރ. އިޔާޟް ވިދާޅުވީ އިސްލާމް ދީނާއި ޚިލާފް ވާހަކަތައް ދައްކައި އިސްލާމް ދީނާއި ޚިލާފް ކަންކަން ކުރަން ހިތްވަރުދިނުމުން އެކަން ކުރި މީހާއަށް ނުބަލައި ކޮންމެ މުސްލިމަކުވެސް އެކަން ކުށްވެރިކުރަން ޖެހޭނެ ކަމަށެވެ.
"އަޅުގަނޑު އުންމީދުކުރަން ޕާޓީގެ ލީޑަރުކަމުގައިވީނަމަވެސް އަދި ކޮންމެ މީހަކު ކަމުގައިވީނަމަވެސް އިސްލާމް ދީނާއި ޚިލާފް ކަންކަން ކުރީމާ މިއަދު ދެއްކި ފަދައިން ނަމޫނާ ދައްކާނެ ކަމަށް. އެއީ ވާޖިބެއް ހަމަ ކޮންމެ މުސްލިމަކަށްވެސް!" ޑރ. އިޔާޟް ވިދާޅުވިއެވެ.
އަދި އެއީ ކުރަންޖެހޭ ކަމެއްކަން ބަޔާންކުރައްވައި ޑރ. އިޔާޟް ބަޔާން ކުރެއްވީ މި ޙަދީޘްފުޅެވެ.

ޑރ. އިޔާޟްގެ އިތުރުން ޝައިޚް ޢަލީ ޒައު އާއި ޝައިޚް އިލްޔާސް ޙުސައިންވެސް ވަނީ މިފަދަ ބަސްފުޅުތައް ވިދާޅުވެފައެވެ.
Majilihuge thalhumugai, mulhi dhuniye ah dhimaa vefaivaa bodethi karisāthakah joaku jehumaai, islām dhēnā khilaaf kan kan kurānekamah govāiru, riyasathun nuhuttuvumakē rayyithun balaigannāne kameh noon. Mifadha kankamun rayyithun iburah hasilkurānekan kashavaru IA
— Ilyas Hussain (@shkilyas) March 4, 2020
Coronavirus aky joke eh noon! Mi balyge sababun mulhi duniye vany sihifai! Ballavaa maai Allah lehvi kuda kuda makhlooqakaa hedhi enmen kudakakoo mahchah thirivefa mi thiby! Ekamaku adhi ves bodaa vaa meehun bodaa vanee! Ekashygenvaa fiyavalhu thakaa eku gina ginain dua kurahvaa!
— Ali Zaid (@alizaid1000) March 4, 2020
V bodu thedheh. E dhakkaa laadheenee vaahakayah dhuvahaku ves maafah neydhey! Mulhinves saafukoh dhekki laadheenee vaahaka ehen meehunnah nubaikoh visnigen maafah edhenee. Dhekki vaahakaige content goasvegen adhi maafah edhifaivaa thaneh alhugandu nudheken.
— Ali Zaid (@alizaid1000) March 4, 2020