ޅ. އަތޮޅުގެ ކުރެއްދޫ އައިލެންޑް ރިސޯޓު އަށް ޖައްސަން އުޅުނު ޓްރާންސް އެއާވޭސް މޯލްޑިވްސް (ޓީއެމްއޭ) ގެ ބޯޓެއް އެކްސިޑެންޓުވެއްޖެއެވެ.
މިހާދިސާ ހިނގާފައިވަނީ މިސަރަހައްދު މޫސުން ގޯސްވެފައި ވުމާއި އެވަގުތު ސީޕްލޭން ޖައްސަން އުޅުމުގެ ތެރޭގައި އުސް ރާޅެއްގައި ޖެހިގެނެވެ.
އެކްސިޑެންޓު ހިނގި އިރު ބޯޓުގައި ތިބި މީހުންނަށް ވަނީ ކުދިކުދި އަނިޔާ ލިބިފަ އެވެ. ނަމަވެސް އެއްވެސް މީހަކަށް ސީރިޔަސް އަނިޔާއެއް ނުލިބެ އެވެ.
މީގެ ކުރިންވެސް މި ސަރަހައްދަށް ޓީއެމްއޭ ގެ ބޯޓެއް ވަނީ ވެއްޓިފައެވެ.