ކުރިއަށްއޮތް 4 ދުވަހު ޙިދުމަތްތައް ބޭނުންކުރުމުގައި ދަތިތަކެއް ދިމާވެދާނެ: ދިރާގު

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 39ސ
ކުރިއަށްއޮތް 4 ދުވަހު ޙިދުމަތްތައް ބޭނުންކުރުމުގައި ދަތިތަކެއް ދިމާވެދާނެ: ދިރާގު

ކުރިއަށްއޮތް 4 ދުވަހު ޙިދުމަތްތައް ބޭނުންކުރުމުގައި ދަތިތަކެއް ދިމާވެދާނެ ކަމަށް ދިރާގުން ބުނެފިއެވެ.

މިކަމާގުޅިގެން ދިރާގުން ބުނެފައިވަނީ މިމަހުގެ 7 ވަނަ ދުވަހުން 10 ވަނަ ދުވަހުގެ ނިޔަލަށް ދިރާގުގެ ބައެއް ހިދުމަތްތައް ދަންވަރުގެ ގަޑިތަކުގައި މެދުކަނޑާލާނެކަމަށާއި ބައެއް ޙިދުމަތްތަކަށް ބުރޫ އެރިނަމަވެސް ފޯނުން ގުޅުމާއި އިންޓަނެޓް ބޭނުން ކުރުން އަދި ފިކްސްޑް ލައިން ބޭނުން ކުރުމުގައި ދަތިކަމެއް ދިމާ ނުވާނެކަމަށެވެ.

އެޑް އޮން ޕެކޭޖްތައް ނެގުމާއި ބިލް ދެއްކުމާއި ރީލޯޑް އަދި ޕެކޭޖް ބަދަލުކުރުން ފަދަ ކަންކަން މިމަހުގެ 7 ދުވަހުގެ ދަންވަރު 12:00 އިން ފަތިހު 4:00 އަށް މެދުކަނޑާލާނެކަމަށާއި އަދި މިމަހުގެ 8 ވަނަ ދުވަހުން 10 ވަނަ ދުވަހުގެ ނިޔަލަށް ބިލް ދެއްކުމާއި ފިކްސްޑް ބްރޯޑް ބޭންޑުގެ ހިދުމަތްވެސް އެ ވަގުތުތަކުގައި މެދު ކަނޑާލާނެކަމަށް ދިރާގުން ވަނީ ބުނެފައެވެ. 

މިއަދު އޮންލައިން