"ޙަމްދްޘަނާ" ކިޔަވާނެ ވަރަކަށް ކިޔަވަންވީ! އަމިއްލައަށް ޞަލަވާތް އުފައްދައިގެނެއް ނުކިޔޭނެ! އެއީ ބިދުޢަ!: ޑރ. އިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 6ސ
"ޙަމްދްޘަނާ" ކިޔަވާނެ ވަރަކަށް ކިޔަވަންވީ! އަމިއްލައަށް ޞަލަވާތް އުފައްދައިގެނެއް ނުކިޔޭނެ! އެއީ ބިދުޢަ!: ޑރ. އިޔާޟް

"ރަސޫލާ (ޞޢވ) ގެ މައްޗަށް ވީހައި ގިނައިން ހަމްދްޘަނާ ކިޔަވަންވީއެވެ. ކިޔެވޭނެ އެންމެ ގިނައިން ކިޔަވަންވީއެވެ. ނަމަވެސް ރަސޫލް (ޞޢވ) ގެ މައްޗަށް އަމިއްލައަށް އުފައްދައިގެން ޞަލަވާތް ކިޔެވުމެއް ނެތެވެ! ކިޔަވަންވީ ޞަލަވާތް ސުންނަތުގައި ވަނީ ވާރިދުވެގެންނެވެ. ކޮންމެ ހުކުރު ޚުޠުބާއެއްގައި އެގެންދަނީ ޞަލަވާތް ކިޔެވުމަށާއި ކިޔަވަންވީ ޞަލަވާތް ހަނދުމަކޮށްދެމުންނެވެ." --ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

ޑރ. އިޔާޟް މިމޭރުމުން ވިދާޅުވީ ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވަން މިއަދު ބޭއްވި ޖަލްސާގައި އިންސާނުން އަމިއްލައަށް އުފައްދައިގެން އުޅޭ ތުންޖީނާ ޞަލަވާތް ކިޔެވުމުން ދިވެހިންގެ ތެރެއިން ފިލައިގޮސްފައިވާ ބިދުޢަ އައު ނުކުރަން ކުރެއްވި އިލްތިމާސް ބައެއް ފަރާތްތަކުން އޮލުވާލައި މައުލޫމާތު ހާމަކުރަމުން ގެންދާތީއެވެ.

ޑރ. އިޔާޟް ވިދާޅުވެފައިވަނީ "ނެތިގޮސްފައިވާ ބިދުޢައެއް އަލުން އިޢާދަކުރުމަކީ ވަރަށް ނުބައި ކަމެކެވެ. ތުންޖީނާ ޞަލަވާތަކީ ސުންނަތުން ސާބިތުވާ ޞަލަވާތެއް ނޫނެވެ. ވީއިރު މިއަދު މަޖިލިސް ފެށުމުގެ ކުރިން ބޭފުޅަކު ލައްވާ މިކަން ކުރުވިކުރުވުމަކީ ވަރަށް ބޮޑު ނުބައެކެވެ."

މިބަސްފުޅުން ޑރ. އިޔާޟް ކަންބޮޑުވުން ފައުޅުކުރައްވާފައިވަނީ ރަސޫލާގެ މައްޗަށް ޙަމްދުޘަނާ ކިޔައިގެން ނޫން ކަމާއި ތުންޖީނާ ޞަލަވާތުގެ ނަމުގައި ަބއަކު އުފައްދައިގެން އުޅޭ ބިދުޢައެއް ކިޔުމުންކަން ވަރަށް ރަނގަޅަށް އެނގިގެންދެއެވެ.

މިއަދު އޮންލައިން