މިދިޔަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގައި ދިރާގަށް ސާފު ފައިދާގެ ގޮތުގައި 289 މިލިއަން ރުފިޔާ ލިބިއްޖެއެވެ.
މިދިޔަ ކުއާޓަރުގައި ދިރާގަށް ސާފު ފައިދާގެ ގޮތުގައި 289 މިލިއަން ރުފިޔާ ވަނީ ލިބިފައިވާއިރު ދިރާގުގެ މާލީ ހިސާބުތަކުން ދައްކާ ގޮތުގައި މިއީ ތިންވަނަ ކުއާޓަރުގައި ލިބުނު ސާފު ފައިދާއަށް ވުރެ 86 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.
މީގެއިތުރުން މިދިޔަ ކުއާޓަރުގައި ދިރާގަށް ލިބުނު އާމްދަނީ ވެސް ވަނީ ތިންވަނަ ކުއާޓަރާ އަޅާބަލާއިރު ވަނީ އިތުރުވެފައެވެ. ތިންވަނަ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި 685.3 މިލިއަން ރުފިޔާ ލިބުނުއިރު ހަތަރުވަނަ ކުއާޓަރުގައި ލިބުނު އާމްދަނީ 754 މިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ.
ތިންވަނަ ކުއާޓަރުގައި ދިރާގުގެ ހިންގުމަށް 335.7 މިލިއަން ރުފިޔާ ހަރަދުކުރިއިރު ހަތަރުވަނަ ކުއާޓަރުގައި އެކުންފުނީގެ ހިންގުމުގެ ހަރަދު ވަނީ 353 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ.