ހަމައެކަނި ރާއްޖެ އަންނަ ޙާފިޡުން ސްކްރީން ކުރާތީ ޑރ. އިޔާޟްގެ ސުވާލުތަކެއް ސަލާމަތީ ބާރުތަކަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 46ސ
ހަމައެކަނި ރާއްޖެ އަންނަ ޙާފިޡުން ސްކްރީން ކުރާތީ ޑރ. އިޔާޟްގެ ސުވާލުތަކެއް ސަލާމަތީ ބާރުތަކަށް!

ރާއްޖެއަށް އެކިއެކި ކަންކަމުގައި ގެންނަ މީޙުން ސްކްރީން ނުކޮށް ހަމަ އެކަނި ޙާފިޡުން ސްކްރީން ކުރާތީ ސަލާމަތީ ބާރުތަކަށް ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ސުވާލުތަކެއް ކުރިމަތިކުރައްވައިފިއެވެ. 

އެގޮތުން ޑރ. އިޔާޟް ކުރިމަތި ކުރެއްވި 3 ސުވާލަކީ: 

"ހަމައެކަނި ޙާފިޡުން ސްކްރީން ކުރުމުގެ ބޭނުމަކީ ކޮބައިތޯ؟ ރާއްޖެއަށް އެހެނިހެން ކަންކަމުގައި ގެންނަ މީހުންވެސް ސްކްރީންކުރަންވީ ނޫންތޯ؟ ޓެރަރިޒަމްގެ ނުރައްކާ އޮތީ ހަމައެކަނި ޙާފިޡުންގެ ފަރާތުންތޯ؟" 

މިސުވާލުތައް ކުރެއްވި ޓްވީޓް ޓެގްކުރައްވާފައިވަނީ އެންސީޓީސީ އަށާއި ފުލުހުންނަށާއި މާރިޔާ އަހްމަދު ދީދީ އަށެވެ. 

ޑރ. އިޔާމް މިފަދަ ސުވާލުތަކެއް ކުރިމަތިކުރެއްވިއިރު މިދިއަ އަހަރުގެ ރަމަޟާން މަހު ތަރާވީޙް ނަމާދު ކުރުމަށާއި ދަމުނަމާދުކުރަން ގެންނަން އުޅުނު ބައެއް ޙާފިޡުންނަށް ވަނީ ސްކްރީން ކުރުމުގެ މައްސަލަ ކުރިމަތިވެ ރާއްޖެ ނާދެވިފައެވެ. 

މިފަދަ މައްސަލަތައް ކުރިމަތިވަމުން އަންނައިރު ރަމަޟާން މަހަށް މިސްކިތްތަކުގެ އާބާތުރަ ފިލުވުމަށާއި ޙާފިޡުން ގެނައުމަށް ގިނަ އަދަދެއްގެ ފައިސާ އިސްރާފުކުރާ ކަމަށް ބުނެ އެލެކްސް ވަނީ ދާދިފަހުން ކަންބޮޑުވުން ފައުޅުކޮށްފައެވެ. 

އެލެކްސް އެމޭރުމުން ކަންބޮޑުވުން ފައުޅުކުރި ނަމަވެސް ގިނަ ޙާފިޡުން ގެންނަނީ އަމިއްލަ ފަރާތްތަކުން ޚަރަދުކޮށްގެންނެވެ. 

އަމިއްލަ ފަރާތްތަކުން ބޮޑެތި ޚަރަދުތައްކޮށްގެން ހާފިޡުން ގެންނަތާ އެތައް އަހަރެއް ވެއްޖެއެވެ. ޢަދާލަތު ޕާޓީ މެދުވެރިވެގެންވެސް ޙާފިޡުން ގެނެއެވެ. ޙާފިޡުން ގެންނަނީ އިމާމްވެ ނަމާދުކޮށްދޭނެ ކީރިތި ޤުރްއާން ހިތުދަސް ޙާފިޡުން ރާއްޖެއިން ލިބުމުގައި ދަތިތަކެއް ހުރުމުން ނަމާދުގައި ޚަޠިމް ކުރަން ދަތިތަކެއް ހުރުމުންނެވެ. އަދި ގިނަ ބައަކު އެކަމަށް ބޭނުންވާތީއެވެ.

މިއަދު އޮންލައިން