ރާއްޖެއިން ހަރުކަށި ފިކުރު ނައްތައިލެވޭނީ ލާދީނީ ފިކުރުވެސް ނައްތައިލެވިގެން!: ޑރ. އިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 53ސ
ރާއްޖެއިން ހަރުކަށި ފިކުރު ނައްތައިލެވޭނީ ލާދީނީ ފިކުރުވެސް ނައްތައިލެވިގެން!: ޑރ. އިޔާޟް

ރާއްޖެއިން ހަރުކަށި ފިކުރު ނައްތައިލެވޭނީ ލާދީނީ ފިކުރުވެސް ނައްތައިލެވިގެން ކަމަށް ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެއްޖެއެވެ. ޑރ. އިޔާމް މިމޭރުމުން ވިދާޅުވެފައިވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަމާލުކަމަށް މި މައްސަލަ ގެންނަވަން ކުރައްވާފައިވާ ޓްވީޓެއްގައެވެ. 

"ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ވަރަށް އިޙްތިރާމާއިއެކު ދަންނަވަމެވެ. ރާއްޖެއިން ހަރުކަށި ފިކުރު ނައްތައިލެވޭނީ ލާދީނީ ފިކުރުވެސް ނައްތައިލެވިގެންނެވެ. އެއީ ވަރަށް ބޮޑަށް ގުޅި ލާމެހިފައިވާ 2 ފިކުރެވެ." 

ކްރޮސް ރޯޑުގައި ރާއްޖޭގެ ކައުންސިލަރުންނަށް މިއަދު ބޭއްވި ބައްދަލުވުމެއްގައި ވަނީ ރާއްޖޭގައި ހަރުކަށި ފިކުރު ފެތުރެމުންދާ މިންވަރާއި ބެހޭ ގޮތުން ވަރަށް ތަފްޞީލުކޮށް ވާހަކަ ދައްކައިފައެވެ. ނަމަވެސް ރާއްޖޭގެ ރައްޔިތުން އިސްލާމް ދީނުން ބޭރުކުރަން ކުރެވެމުން އަންނަ މަސައްކަތްތަކާއި ބެހޭ ގޮތުން އެއްވެސް ވާހަކައެއް ދައްކާފައެއް ނުވެއެވެ. އަދި އިސްލާމިކް މިނިސްޓްރީ ބައްދަލުވުމުގައި ބައިވެރިކޮށްފައެއް ވެސް ނުވެއެވެ.

މިއަދު އޮންލައިން