ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ޢާއިލީ ކަމެއްގައި މަދީނާގައި މި ވަގުތު ހުންނަވައިގެންވެސް ގެންދަވަނީ އިސްލާމް ދީނަށް ޚިދުމަތްކުރައްވަމުންނެވެ. އިސްލާމް ދީން އޮޅުންފިލުވައި ދެއްވަން މަސައްކަތްކުރައްވަމުންނެވެ.
ޚަބަރުގައިވާ ފޮޓޯއަކީ މަދީނާގެ އިސްލާމީ ޔުނިވަރސިޓީގައި ކިޔަމުންދާ ދިވެހި ދަރިވަރުންކޮޅަކަށް އުޞޫލް އަލް ފިޤްހް ފިލާވަޅެއް ޝަރަހަކޮށްދެއްވަމުން ގެންދަވަނިކޮށް ނަގައި ދަރިވަރުން ހާމަކޮށްފައިވާ ފޮޓޯއެކެވެ.
ދީނީ ޢިލްމުވެރިންނަކީ ރަސޫލްބޭކަލުންގެ ވާރިސުންނެވެ. ދީނަށް ޚިދުމަތް ކުރައްވައި ދީނީ ޢިލްމު އުނގަންނަވައި ދެއްވައި ދީން ފެތުރުމުގެ މަސައްކަތަކީ ދީނީ ޢިލްމުވެރިންގެ މަސްއޫލިއްޔަތެކެވެ. އެ މަސްއޫލިއްޔަތު އަދާކުރައްވަމުން ގެންދަވާ ހުރިހާ ދީނީ ޢިލްމުވެރިން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގައި މާތް ﷲ ބަރަކާތް ލައްވަވާށި! އާމީން.
