ވައިގެމަގުން ބެންގަލޫރުން ރާއްޖެއައި އިންޑިޔާގެ 2 މީހެއްގެ އަތުން ދެކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފިއެވެ.
ކަސްޓަމުން ބުނީ މިމަހުގެ ދެވަނަ ދުވަހުގެ ހަވީރު ރާއްޖެ އައި އުމުރުން 24 އަހަރު އަދި 23 އަހަރުގެ ދެ ފިރިހެނެއްގެ ލަގެޖް ކަސްޓަމްސް އިން އެކްސްރޭ ކުރިއިރު، ފޮށި ތެރޭގައި އެއްޗެއް ފޮރުވާފައި ހުރިކަމަށް ފާހަގަކުރެވިގެން ބަލައި ފާސްކުރިއިރު އޭގެ ތެރެއިން މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ. އަދި ފުރަތަމަ މަރުޙަލާގައި މިތަކެތި ކަސްޓަމްސް އިން ޓެސްޓްކުރި އިރު މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ހަޝިޝް އޮއިލްއަށް ވަނީ ޕޮސިޓިވްވެފައި ކަމަށާއި މި 02 މީހުންގެ އަތުން އަތުލައިގަނެވުނު މަސްތުވާތަކެތީގެ ޖުމްލަ ބަރުދަނުގައި 2.146 ކިލޯ ހުރިކަމަށެވެ. އަދި މިތަކެތީގެ މަގުމަތީ އަގު 5,72,982.00 (ފަސް ލައްކަ ހަތްދިހަ ދެހާސް ނުވަސަތޭކަ އަށްޑިހަ ދޭއް) ރުފިޔާއަށް އަރާ ކަމަށްވެސް ބުނެފައިވެއެވެ.
މިމައްސަލައިގަައި ޝާމިލްވާ މީހުންނާއި އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއާ ޙަވާލުކުރެވިފައި ކަމަށްވެސް ފުލުހުން ބުނެއެވެ.