ސީޝެލްސްގެ ކޯޓު އޮފް އެޕީލްގެ ރައީސް، އުއްތަމަ ފަނޑިޔާރާއި ބައްދަލުކުރައްވައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 38ސ
ސީޝެލްސްގެ ކޯޓު އޮފް އެޕީލްގެ ރައީސް، އުއްތަމަ ފަނޑިޔާރާއި ބައްދަލުކުރައްވައިފި

ރިޕަބްލިކް އޮފް ސީޝެލްސްގެ ކޯޓު އޮފް އެޕީލްގެ ރައީސް، ޖަސްޓިސް ފްރޭންސިސް މެކްގްރެގޯ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރާއި ބައްދަލުކުރައްވައިފިއެވެ.

ސުޕްރީމް ކޯޓުން ބުނެފައިވަނީ މި ބައްދަލުކުރެއްވުން އޮތީ 04 ނޮވެންބަރު 2019 ވަނަ ދުވަހު 13:30 ގައި އެ ކޯޓުގައި ކަމަށެވެ.

މިބައްދަލުވުމުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ޢަރީފް އާއި ރިޕަބްލިކް އޮފް ސީޝެލްސްގެ ސުޕްރީމް ކޯޓުގެ ހެޑް އޮފް ކްރިމިނަލް ޑިވިޜަންގެ ޖަސްޓިސް މޯހަން ނިރަންޖިތު ބުރްހާން އާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޑިރެކްޓަރ ޢާތިކާ އިބްރާހީމްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މިއަދު އޮންލައިން