ނަމާދު ކުރެވޭނެ ވަރުގެ ވަގުތު ކޮންމެ ނަމާދަކަށްވެސް އެބައޮތް- ނަމާދު ދޫކޮށް ނުލައްވާ!: ޝައިޚް ޢަލީ ޒައިދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 37ސ
ނަމާދު ކުރެވޭނެ ވަރުގެ ވަގުތު ކޮންމެ ނަމާދަކަށްވެސް އެބައޮތް- ނަމާދު ދޫކޮށް ނުލައްވާ!: ޝައިޚް ޢަލީ ޒައިދު

ކިތަންމެ ބުރަކޮށް މަސައްކަތްކުރި ނަމަވެސް ނަމާދު ނުއެޅުމަށް ޝައިޚް ޢަލީ ޒައިދު އިލްތިމާސް ކުރައްވައިފި އެވެ.

ޝައިޚް ޢަލީ ޒައިދު ވިދާޅުވީ ކޮންމެ ނަމާދެއް ކުރުމަށްވެސް އެކަށީގެންވާ ވަގުތު ދެއްވަވާފައިވާ ކަމަށާއި އެ ވަގުތުގެ ތެރޭގައި ނަމާދުކުރަން ޖެހޭނެ ކަމަށެވެ. އަދި ނަމާދުތައް އެނަމާދުގެ ވަގުތުގައި އަދާކުރާ ބިލިއަނަރުންވެސް އެބަތިބި ކަމަށެވެ. އެހެންކަމުން ކިތަންމެ ބުރަކޮށް މަސައްކަތްކުރި ނަމަވެސް ނަމާދުތައް ވަގުތުގައި އެންމެންނަށްވެސް ކުރެވޭނެ ކަމަށެވެ.

ޝައިޚް ޢަލީ ޒައިދު މިމޭރުމުން ވިދާޅުވެފައިވާއިރު ރާއްޖޭގެ އެންމެ ކާމިޔާބު، އެންމެ ބޮޑެތި ބައެއް ވިޔަފާރިވެރިން ގެންދަވަނީ ޖަމާޢަތުގައި ނަމާދުކުރައްވަމުން ކަމާއި އެބޭފުޅުންގެ ވިޔަފާރި އަންނަނީވެސް ބޮޑުތަނުން ކުރިއަރަމުންކަން ފާހަގަކުރެވެއެވެ.

މިއަދު އޮންލައިން