ޕްރީސްކޫލް ދަރިވަރުންނަށް އަމާޒުކޮށްގެން ކަނޑުގެ ތަފާތު ދިރުންތަކާއިގުޅޭ މަޢުލޫމާތު ދީފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 17ސ
ޕްރީސްކޫލް ދަރިވަރުންނަށް އަމާޒުކޮށްގެން ކަނޑުގެ ތަފާތު ދިރުންތަކާއިގުޅޭ މަޢުލޫމާތު ދީފި

ޕްރީސްކޫލް ދަރިވަރުންނަށް އަމާޒުކޮށްގެން ކަނޑުގެ މާހައުލާއި، އެމާހައުލުގައި އުޅޭ ދިރުންތަކާއި ބެހޭ މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ފިޝަރީޒް މިނިސްޓްރީން ކުރިޔަށް ގެންގޮސްފިއެވެ.

މިއަދު ކުރިޔަށް ގެންދެވުނު މިޕްރޮގްރާމަކީ ފިޝަރީޒް މިނިސްޓްރީ އާއި އެކްސެލް އިންޓަރނެޝަނަލް ސްކޫލާއި ގުޅިގެން ކުރިޔަށް ގެންދެވުނު ޕްރޮގްރާމެކެވެ.

މިޕްރޮގްރާމްގައި އެކްސެލް އިންޓަރނެޝަނަލް ސްކޫލްގެ އެސް.ކޭޖީ ކްލާސްތަކުން 200 އަށް ވުރެ ގިނަ ދަރިވަރުން ބައިވެރިވެފައިވެއެވެ. އެގޮތުން އެސްކޫލްގެ އެސް.ކޭޖީގެ ކަރިކިއުލަމްގައި ހިމެނޭ "އަނޑަރ ދަ ސީ" މޮޑިއުލްގެ މަޢުލޫމާތު އެންމެ އެކަށޭނަ ގޮތެއްގައި މިދަރިވަރުންނަށް ދިނުމަށް އިންޓަރެކްޓިވް ސެޝަންތަކެއްގެ ވަނީ ބޭއްވިފައެވެ. އޭގެ ތެރޭގައި ކަނޑުގެ މާހައުލީ ނިޒާމްތަކާއި، އެނިޒާމްތަކުގައިވާ ދިރުންތަކާއި، މެރިކަލްޗަރކުރުމުގެ މަޢުލޫމާތު އެކުވެރި މަޖާ މާހައުލެއްގެ ތެރެއިންވަނީ ފޯރުކޮށްދެވިފައެވެ.

ފިޝަރީޒް މިނިސްޓްރީން ބުނެފައިވަނީ މިފަދަ ޕްރޮގްރާމްތައް ބޭއްވުމުގެ މަޤްޞަދަކީ، ސްކޫލް ކުދިންނަށް ޅައުމުރުގައި ކަނޑުގެ ދިރުންތަކުގެ މަޢުލޫމާތުދީ، އެދިރުންތަކަށް އަހުލުވެރިކޮށް އެކުދިންގެ ހިތްތަކުގައި ލޯބި ޖެއްސުން ކަމަށައި އަދި، ތިމާވެއްޓާއި ކަނޑުގެ ދިރުންތަކަށް ލޯބިކުރާ މުޖުތަމަޢުއެއް ބިނާކުރުން ކަމަށެވެ.

ކުރިޔަށް އޮތް ތަނުގައި މިފަދަ ޕްރޮގްރާމްތައް އެހެން ސްކޫލްތަކާއިވެސް ގުޅިގެން ކުރިޔަށް ގެންދިއުމަށް ގަސްތުކުރެވިފައިވާކަމަށް ފިޝަރީޒް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިއަދު އޮންލައިން