ދީނީ ޢިލްމުވެރިންގެ މަސައްކަތަށް ހާސްފަށުން ތަޢްރީފް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 29ސ
ދީނީ ޢިލްމުވެރިންގެ މަސައްކަތަށް ހާސްފަށުން ތަޢްރީފް!

ރާއްޖެއިން އިސްލާމް ދީން ފުހެލަން މަސައްކަތްކުރަމުން އަންނަ އެމްޑީއެން އިން ނެރުނު ޝައިޠާނީ ވަސްވާސްތައް ހިމެނޭ ރިޕޯޓާއި ގުޅިގެން ޝައިޠާނީ ވަސްވާސްތަކުން މުޖުތަމައު ސަލާމަތް ކުރެއްވުމަށް ރާއްޖޭގެ ދީނީ ޢިލްމުވެރިން ކުރެއްވެވި ބުރަ މަސައްކަތްޕުޅުތަކަށް ގިނަ ބައަކު ދަނީ ތަޢްރީފްކުރަމުންނެވެ. 

އެބޭފުޅުން އެމަސައްކަތްޕުޅުތައް ކުރެއްވީ އެކަމާއި ދެކޮޅު މީހުން ފައުޅުގައާއި ފިލައިތިބެ ކުރި ފުރައްސާރަތަކަށާއި ދެމުން ގެންދިއަ ތަފާތު އިންޒާރުތަކަށް އެއްވެސް ވަރަކަށް ފަސްޖެހިވަޑައިގަތުމެއް ނެތި ﷲ ތަޢާލާ އާއި އެކަލާނގެ ރަސޫލާ މުޙައްމަދު (ޞޢވ) މަތިވެރިކުރުމަށްކަން ގިނަ ބައަކު ހިތުގެ އަޑިން ޤަބޫލުކުރެއެވެ. 

އެމްޑީއެން އިން ނެރުނު ރިޕޯޓާއި ގުޅިގެން ފިޔަޅު އެޅުމަށް ސަރުކާރަށް އިލްތިމާސް ކުރެއްވުމުގައި އެންމެ އިސްކޮށް ޙަރަކާތްތެރިވެވަޑައިގަތީ ޑރ. އިޔާޟް އާއި ޝައިޚް ޢަލީ ޒައިދު އެވެ. އަދި ރާއްޖޭގެ ހުރިހާ ދީނީ ޢިލްމުވެރިން ވެސް ވަނީ މިކަމުގައި ބައިވެރިވެވަޑައިގެންފައެވެ. 

ފަޟީލަތުއްޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް އަކީ ޢާންމުގޮތެއްގައި ވަރަށް މަދުން ބަސްފުޅު ވިދާޅުވާ ބޭފުޅެއް ނަމަވެސް ޝައިޚް ވެސް ވަނީ މިކަމުގައި ވަރަށް ގިނައިން ބަސްފުޅު ވިދާޅުވެފައެވެ. އަދި ފަޟީލަތުއްޝައިޚް އިލްޔާސް ޙުސައިން ވިދާޅުވި ބަސްފުޅުތައްވެސް ފާހަގަކުރެވެއެވެ. 

ވަރަށް ގިނަ ދީނީ ޢިލްމުވެރިން ވަނީ ބަސްފުޅު ވިދާޅުވެފައެވެ. ރާއްޖޭގެ އެކިކަންކޮޅުތަކުގައި ތިއްބަވައިގެން ދީނީ ޢިލްމުވެރިން ދެއްވެވި ހުރިހާ ދަރުސްތައް މިއަދުނޫހަށް ލިބިފައި ނުވާތީ ލިސްޓް ހާމަ ނުކުރީއެވެ. ޖުމުލަ ގޮތެއްގައި ދަންނަވަން ޖެހެނީ ފާއިތުވި 2 މަހެއްހައި ދުވަހު ރާއްޖޭގެ ހުރިހާ ދީނީ ޢިލްމުވެރިންވެސް އެއް ތީމެއްގެދަށުން އެއް ރޫޙެއްގައި ވަރަށް ގިނަ މަސައްކަތްތައް ކުރައްވާފައިވާ ކަމަށެވެ.

މިއަދު އޮންލައިން