ޤާޟީންވެސް ކޮށްގެން ނުވާނެ ކަންކަން ހުންނަ ފަދައިން މަޖިލިސް މެންބަރުންވެސް ކޮށްގެން ނުވާނެ ކަންކަން ހުރޭ: ޝައިޚް ޢަލީ ޒައިދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
ޤާޟީންވެސް ކޮށްގެން ނުވާނެ ކަންކަން ހުންނަ ފަދައިން މަޖިލިސް މެންބަރުންވެސް ކޮށްގެން ނުވާނެ ކަންކަން ހުރޭ: ޝައިޚް ޢަލީ ޒައިދު

ޤާޟީންވެސް ކޮށްގެން ނުވާނެ ކަންކަން ހުންނަ ފަދައިން ހަމަ މަޖިލިސް މެންބަރުންވެސް ކޮށްގެން ނުވާނެ ކަންކަން ހުންނަ ކަމަށް ވިދާޅުވެ "ތިލަފަތް ކޮބައިތޯ" ޝައިޚް ޢަލީ ޒައިދު ސުވާލުކުރައްވައިފިއެވެ. 

ޤާޟީ އަކު ކުރެހުމެއް ހާމަކުރުމުން ޤާޟީ ކަމަށް ޝަރުޠު ހަމަނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ކަނޑައަޅާފަދައިން އިސްލާމް ދީނަށް ގޮންޖެހި، ލާދީނީ އެމްޑީއެންގެ ދިފާޢުގަ ހިތާހިތުގެ ގުޅުމުން ތެދުވެގެން އުޅުނު އިރު، އެބޭފުޅުންގެ މެންބަރުކަމުގެ ޝަރުޠު ނުގެއްލޭތޯ ވެސް ޝައިޚް ޢަލީ ޒައިދު ވަނީ ސުވާލުކުރައްވައިފައެވެ. 

"އިސްލާމް ދީނަށް ގޮންޖެހި، ލާދީނީ އެމްޑީއެންގެ ދިފާޢުގަ ހިތާހިތުގެ ގުޅުމުން ތެދުވެގެން އުޅުނު އިރު، އެބޭފުޅުންގެ މެންބަރުކަމުގެ ޝަރުޠު ނުގެއްލޭތޯ؟ ޤާޟީންވެސް ކޮށްގެން ނުވާނެ ކަންކަން ހުންނަ ފަދައިން ހަމަ މަޖިލިސް މެންބަރުންވެސް ކޮށްގެން ނުވާނެ ކަންކަން ހުރެއެވެ. ތިލަފަތް ކޮބައިތޯއެވެ!" 

"ރާއްޖެ ދެކެފައިވާ ނުރައްކާތެރި ފިކުރުގެ ތެރެއިން އެންމެ މަތީގައި އޮތީ މާތް ﷲ އާއި ރަސޫލާ (ޞޢވ) އަށް ފުރައްސާރަކުރި އެމްޑީއެންގެ ފިކުރެވެ. މިފިކުރުގެ މީހުން، އެންޑީއެން އުވާލި ނަމަވެސް އެހެން ޖަމިއްޔާއެއް ހަދައިތޯ ވަރަށް ގާތުން އަޅުގަނޑުމެން ބަލާނަމެވެ. އިން ޝާ ﷲ! އެއީ ރާއްޖޭގެ ޤައުމީ ސަލާމަތަށްޓަކައެވެ." ޝައިޚް ޢަލީ ޒައިދު

 

މިއަދު އޮންލައިން