ބަޖެޓުގަ އެންމެ އިސްކަން ދީފަވާނީ ރައްޔިތުންނަށް!: ރައީސް ޞާލިޙް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 1ސ
ބަޖެޓުގަ އެންމެ އިސްކަން ދީފަވާނީ ރައްޔިތުންނަށް!: ރައީސް ޞާލިޙް

2020 އަހަރަށް ދައުލަތުން ލަފާކޮށް މަޖިލީހަށް ހުށަހެލި ބަޖެޓުގައި އެންމެ އިސްކަން ދެއްވާފައިވާނީ ރައްޔިތުންގެ ބޭނުންތަކަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. 

އެމަނިކުފާނު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަންނަ އަަހރުގެ ބަޖެޓުން ހާސިލުކުރަން ބޭނުންވަނީ ސަރުކާރުން ތަސައްވަރުކުރާ ފާގަތި ދިވެހިރާއްޖެއެއްގައި ހުންނަ ކަންތައްތަކެއް ކަމަށާއި އެކަންކަަމުގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމަށް އިތުރު ކުރިއެރުން ލިބޭނެ ކަމަށެވެ.

"ސިއްހީފަރުވާގެ ނިޒާމް، ތައުލީމް، ސާފު ފެން، ނަރުދަމާ ނިޒާމް، އިޖްތިމާއީ ރައްކާތެރިކަން، ލާމަރުކަޒީ ވެރިކަން ކުރިއެރުވުން" ފަދަ ކަންކަމަށް ބަޖެޓުގައި އިސްކަން ދެއްވާފައިވާނެ ކަމަށްވެސް ރައިސް އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ވިދާޅުވެފައެވެ.

 

މިއަދު އޮންލައިން