އުންމީދު ކަނޑައި ތިއަ ލަނީ މިވަރުގެ ދީލަތިވަންތަ ﷲ ގެ ހަޟްރަތުން ހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
އުންމީދު ކަނޑައި ތިއަ ލަނީ މިވަރުގެ ދީލަތިވަންތަ ﷲ ގެ ހަޟްރަތުން ހެއްޔެވެ؟

"މީހަކަށް ތަކުރާރުކޮށް ފާފަކުރެވެނީއެވެ. ފާފަ ކުރެވޭ އިރަށް އޭނާ ތައުބާވެއެވެ. ޢަފޫކޮށްދެއްވެވުން އެދި ދަންނަވައެވެ. އޭނާއަށް ﷲ ޢަފޫކޮށްދެއްވަވަތެވެ. 

އެންމެފަހުން އޭނާ ﷲ އަށް ދަންނަވަތެވެ! "މިއަޅާއަށް މިހިރީ ކީއްވެފައި ކަމެއްވެސް ނުއެނގެއެވެ. ހަމަ ފާފަ ކުރެވެނީ އެވެ. ޔާ ﷲ! މިއަޅާއަށް ރަޙުމް ކުރައްވަވައި މިއަޅާގެ ފާފަތައް ފުއްސަވައި ދެއްވަވާނދޭވެ! 

ﷲ ތަޢާލާ މަލާއިކަތުންނަށް ވަޙީކުރައްވަވަތެވެ! ނިކަން ބަލައިބަލާށެވެ! ތިމަން ﷲ ގެ އަޅާ ހަމަ ފާފަ ކުރަނީއެވެ. އެކަމަކު އޭނާއަށް ތިމަން ﷲ ވޮޑިގެންވާކަން އެނގެއެވެ. ތިމަން ﷲ އަށް ބިރުވެތިވެ ފާފަ ފުއްސަވައި ދެއްވެވުމަށް އެދި އެދަންނަވަނީއެވެ. އޭނާގެ ހުރިހާ ފާފަތަކެއް ފުއްސަވައި ދެއްވަވައިފީމެވެ!" 

މީސްތަކުންނޭވެ! ﷲ ތައާލާ އީ މިފަދަ ދީލަތިވަންތަ އޯގާތެރިވަންތަ ރަސްކަލާނގެއެވެ. ވީމާ ފާފަކުރެވުނު މިންވަރު ގިނަވެގެން ތައުބާވާން ފަސް ނުޖެހޭށެވެ! އެންމެ ބޮޑަށް ފޭލްވެފައިވާ މީހަކީ ތައުބާވާން ފަސްޖެހޭ މިހާއެވެ. 

މީގެ މާނައަކީ އަބަދު ފާފަކުރުނަމްތީގައި ދެމިހުރުމެއް ނޫނެވެ. އެހެނީ ކުރެވޭ ފާފަތައް މިޒާނުގައި ކިރުއްވަވާނެކަން ދަންނަން ޖެހޭނެއެވެ. ހެޔޮކަމުގެ ކޮޅަށް ބަރުކުރަން މަސައްކަތްކުރަން ޖެހޭނެއެވެ. ނޫން ނަމަ ކަންކަން ވެދާނެ ގޮތަކަށް ބިރުވެތިވާން ޖެހޭނެއެވެ. ތަޤްވާވެރިވުމަކީ އެއީއެވެ! ތަޤްވާވެރިވުމަކީ ވީހައި ގިނައިން އަޅުކަން ކުރުމާއި ފާފަ ނުކުރަން ގަދައަޅައި މަސައްކަތްކުރުމެވެ. 

އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

 

މިއަދު އޮންލައިން