ފުލުހުންގެ ބަޔާނުން އެނގުނީ އެމްޑީއެން އިން ބޮޑު ޖަރީމާއެއް ހިންގިކަން ސާބިތުވެއްޖެކަން - ކުށްވެރިންނަށް ފިޔަވަޅު އެޅުން އަވަސްކޮށްދެއްވާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
ފުލުހުންގެ ބަޔާނުން އެނގުނީ އެމްޑީއެން އިން ބޮޑު ޖަރީމާއެއް ހިންގިކަން ސާބިތުވެއްޖެކަން - ކުށްވެރިންނަށް ފިޔަވަޅު އެޅުން އަވަސްކޮށްދެއްވާ!

ފުލުހުން މިރޭ މީޑިއާއަށް ޢާންމުރި ބަޔާނުން އެނގުނީ ރާއްޖެއިން އިސްލާމް ދީން ފުހެލަން މަސައްކަތްކުރާ އެމްޑީއެން އިން ދިވެހިޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ އާއި ޚިލާފަށް ބޮޑު ޖަރީމާއެއް ހިންގިކަން ފުލުހުންނަށް ސާބިތުވެއްޖެކަމެވެ. 

"އެކުދިން" ނެރުނު ރިޕޯޓުގައި ހުރީ ޢިބާރާތްކުރުމުގެ މައްސަލައެއް އެކަނި ނޫން ކަމާއި ރިޕޯޓުގައި މަދީ ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުން އިޢްލާނުކުރިފަދައިން ރަސޫލް (ޞޢވ) ޞަލަވާތް ނޫންކަމެވެ. 

ވީމާ ޞައްޙަ ދިވެހި ރައްޔިތުންގެ އާދޭހަކީ ކުށްވެރިންނަށް ފިޔަވަޅު އެޅުން އަވަސްކޮށްދެއްވުމެވެ. ގެނެވެން އޮތް ގޮތަކަށް ކުށްވެރިން ތިބި ތަނަކުން ރާއްޖެ ގެނެސް ދެއްވުމެވެ. ރާއްޖެ އަންނަން ދެކޮޅު ހަދާނަމަ ޕާސްޕޯޓް ބާޠިލުކޮށްލަ ދެއްވެވުމެވެ. 

މިރޭ ފުލުހުން ބުނެފައިވަނީ: 

"އެމްޑީއެން އިން ނެރުނު "ޕްލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން މޯލްޑިވްސް" ރިޕޯޓަށް ފުލުހުން ހެދި އެސެސްމަންޓް އިން، އެރިޕޯޓްގައި އިސްލާމް ދީނަށް ތައުޙީނު ކުރުމުގެ ގޮތުން ފާޑުކިޔާފައިވާ ކަމަށާއި، އިސްލާމް ދީނާއި ކީރިތި ރަސޫލާ (ޞޢވ) އަށް ފުރައްސާރަކޮށްފައިވާ ކަމަށް ފެންނަ ކަމަށް ޔޫތްމިނިސްޓްރީގައި މޯލްޑިވްސް ޕޮލިސް ސަރވިސް އިން ދަންނާފައިވާނެ" ކަމަށެވެ.

 

މިއަދު އޮންލައިން