"މާދަމާއަކީ ހުކުރު ދުވަހެވެ. ވީމާ ކަހްފި ސޫރަތް ކިޔަވާށެވެ. ނަބިއްޔާ (ޞޢވ)ގެ މައްޗަށް ޞަލަވާތް ކިޔެވުން ގިނަކުރާށެވެ. ހުކުރު ދުވަހުގައި ދުޢާ އިޖާބަ ކުރައްވަވާ ވަގުތުކޮޅެއްވެއެވެ. ވީމާ އެމީހަކު އެދޭ ކަންކަން ފުއްދަވައި ދެއްވެވުން އެދި ގިނަގިނައިން ދުޢާކުރާށެވެ.
އެމްޑީއެން އާއި އެއިގެ ފިކުރުގެ ނުބައިކަމުން ސަލާމަތްކޮށްދެއްވެވުން އެދިވެސް ގިނަގިނައިން ދުޢާކުރާށެވެ!"—ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
އިސްލާމް ދީނާއި މީސްތަކުން ދުރުކުރުވަން ފަތުރާ ކޮންމެ ފިކުރަކުން ސަލާމަތްވެތިބުމަށް ގަދައަޅައި މަސައްކަތްކުރަން ޖެހެއެވެ. ޢަދުއްވުން އަބަދުވެސް ދާނީ ފިކުރުތައް ފަތުރަމުންނެވެ. އަހަރެމެންނަށް އޮތީ އެއިގެ ނުބައިކަމުން ސލާމަތްވެ ތިބުމަށް މަސައްކަތްކުރުމާއިއެކު އެފަދަ ނުބައި ކަންކަމުން ސަލާމަތްކޮށްދެއްވެވުން އެދި ގިނަގިނައިން ދުޢާ ކުރުމެވެ.