ޕާކިސްތާނުގައި ބޮޑުވަޒީރަށް ރައީސް ޞާލިޙް ތަޢުޒިޔާ ފޮނުއްވައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 34ސ
ޕާކިސްތާނުގައި ބޮޑުވަޒީރަށް ރައީސް ޞާލިޙް ތަޢުޒިޔާ ފޮނުއްވައިފި

ޕާކިސްތާނުގެ ކަރާޗީން ރާވަލްޕިންޑީއަށް ދަތުރުކުރި ރޭލެއްގައި ހިނގި ހިތާމަވެރި އަލިފާނުގެ ހާދިސާގައި 70އަށްވުރެ ގިނަ މީހުން މަރުވުމާއިގުޅިގެން، ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާނަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަޢުޒިޔާ ފޮނުއްވައިފިއެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރަށް، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަޢުޒިޔާގެ މެސެޖުގައި، ރޭލުގައި ރޯވެ ހިނގި ހިތާމަވެރި ހާދިސާއާއި ގުޅިގެން ޕާކިސްތާނަށް ކުރިމަތިވި ހިތާމައިގެ މި ދަނޑިވަޅުގައި، ދިވެހި ސަރުކާރާއި، ރައްޔިތުންނާއި އަދި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، އެޤައުމުގެ ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ހަމްދަރުދީ ފޮނުއްވާފައިވެއެވެ.

މިއަދު އޮންލައިން