މާތް ﷲ ދިވެހިންނަށް ދެއްވެވި އެންމެ މަތިވެރި ނިޢްމަތަކީ އިސްލާމުންގެ ގޮތުގައި އުފަންވުމަށް މިންވަރު ކުރެއްވެވުމެވެ. އިސްލާމީ މާހައުލެއްގައި އުޅެވޭނެ ގޮތް މިންވަރުފުޅު ކުރެއްވެވުމެވެ. ވީމާ އިސްލާމް ދީން ދޫކުރާ ދިވެހިންނާއި، އަދި ރާއްޖޭގެ މާޙައުލު ބަދަލުކުރަން މަސައްކަތްކުރާ މީހުން އެކުރާ މަސައްކަތަކީ ރާއްޖެއަށް ދެވޭނެ އެންމެ ބޮޑު އަނިޔާއެވެ.
އިސްލާމް ދީން ދޫކޮށްލައި އެކޮޅުން މަންފާ ހޯދައިގެން އެނބުރި މިކޮޅަށް އަންނަން ވިސްނާ މީހުން މިއާޔަތަށް ވިސްނައިލާށެވެ! ދީނަކީ ކުޅޭކުޅޭ ކުޅިވަރަކަށް ނުހަދާށެވެ!
"ހަމަކަށަވަރުން، އެއުރެން އީމާން ވުމަށްފަހު، ކާފިރުވެ، ދެން ކާފިރުކަން އިތުރުވީ މީހުންގެ ތައުބާ ޤަބޫލް ނުކުރައްވާހުށްޓެވެ. އަދި، އެއުރެންނަކީ ހަމަ މަގުފުރެދިފައިވާ މީހުންނެވެ." (އާލްޢިމްރާން: 90)
ރާއްޖެ ނައިސް ޝައިޠާނުންގެ ހިމާޔަތުގައި މިދުނިޔޭގައި ހުރެވިދާނެއެވެ. ނަމަވެސް މަރުނުވެ ހުރުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. ވީމާ ސަލާމަތް ބުއްދި ބޭނުންކޮށްގެން ވިސްނައި ފިކުރުކުރުން ކިތަންމެހައިވެސް ބުއްދިވެރިއެވެ.