އަހަރީ ފީ ނުދައްކައިގެން 1200 ކުންފުނި އުވާލަން ނިންމައިފި!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 47ސ
އަހަރީ ފީ ނުދައްކައިގެން 1200 ކުންފުނި އުވާލަން ނިންމައިފި!

ކުންފުނި އުވާލުމަށް ރަޖިސްޓްރާ އޮފް ކޮމްޕެނީޒް ކަނޑައަޅައި، ކުންފުނިތައް އުވާލުމުގައި އަމަލު ކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އަހަރީ ފީ ނުދައްކައިގެން 1200 ކުންފުންޏެއް އުވާލަން ނިންމައިފިއެވެ.

މިކަމާގުޅިގެން އިކޮނޮމިކް މިނިސްޓްރީން އާންމުކުރި އިއުލާނެއްގައި ވަނީ 2012 ވަނަ އަހަރުން ފެށިގެން 2016 ވަނަ އަހަރުގެ ނިޔަލަށް ރަޖިސްޓްރީ ކޮށްފައިވާ ކުންފުނިތަކުގެ ތެރެއިން އަހަރީ ފީ ނުދައްކާ 1200 ކުންފުންޏެއް ހިމަނާފައެވެ.

އެހެންނަމަވެސް އިކޮނޮމިކް މިނިސްޓްރީން ބުނެފައިވަނީ މިލިސްޓުގައި ހިމެނޭ އެއްވެސް ކުންފުންޏެއް ހިންގަން ބޭނުންވާ ނަމަ، އެކުންފުންޏަކުން ފުރިހަމަ ކުރަންޖެހޭ އެންމެހާ އިލްތިމާޒްތައް ފުރިހަމަ ކުރުމަށްފަހު، އެކަން އަންގައިދޭ ލިޔެކިޔުންތަކާއެކު އަންނަ ނޮވެމްބަރު މަހުގެ 12 ވަނަ ދުވަހުގެ ކުރިން ރެޖިސްޓްރާ އޮފް ކޮމްޕެނީސްއަށް ހުށަހަޅަން ޖެހޭނެކަމަށެވެ.

 

މިއަދު އޮންލައިން