ޤައުމީ ކޮންމެ މުނާސަބަތެއް ހަނދާންކޮށްދެނީ އެކުވެރިކަމާއި ޞުލްޙަވެރިކަމުގައި ދެމިތިބުމުގެ މުހިންމުކަން: ރައީސް ޞާލިޙް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
ޤައުމީ ކޮންމެ މުނާސަބަތެއް ހަނދާންކޮށްދެނީ އެކުވެރިކަމާއި ޞުލްޙަވެރިކަމުގައި ދެމިތިބުމުގެ މުހިންމުކަން: ރައީސް ޞާލިޙް

ޤައުމީ ކޮންމެ މުނާސަބަތެއް ހަނދާންކޮށްދެނީ އެކުވެރިކަމާއި ޞުލްޙަވެރިކަމުގައި ދެމިތިބުމުގެ މުހިންމުކަން ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވެފައިވަނީ " ރާއްޖޭގެ އުފާވެރި އަދި ފަޚުރުވެރި ޤައުމީ ދުވަހުގެ މުނާސަބަތުގަ، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ހިތުގެ އިޚްލާޞްތެރިކަމާ އެކު، ތަހުނިޔާ ދަންނަވައި ހެޔޮއެދުންތައް" އަރިސްކުރައްވައި ކުރެއްވި ޓްވީޓުގައެވެ.

ޤައުމީ ދުވަހުގެ މުނާސަބަތުގައި ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައިވެސް އެމަނިކުފާނު ވަނީ މިފަދަ މޭރުމަކުން ވާހަކަފުޅު ދައްކަވައިފައެވެ.

" ދިވެހިރާއްޖޭގެ މި އަހަރުގެ އުފާވެރި އަދި ފަޚުރުވެރި ޤައުމީ ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑުގެ ހިތުގެ އިޚްލާޞްތެރިކަމާއެކު، ތަހުނިޔާ ދަންނަވައި ހެޔޮއެދުންތައް އަރިސްކުރަން. ރާއްޖޭގެ ޤައުމިއްޔަތާއި މިނިވަންކަމުގެ ދިފާޢުގައި ޤުރުބާންވެވަޑައިގެންނެވި، އެންމެހައި ބަޠަލުންގެ ހަނދާންތައް އައުކޮށް، އެބަޠަލުންނަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރުކޮށްދެއްވުން އެދި، اللَّـهُ سُبْحَانَهُ وَتَعَالَىٰ ގެ ޙަޟްރަތުގައި ދުޢާ ދަންނަވަން."

މިއަދު އޮންލައިން