އުވެމުން ނެތެމުންދާ މަސައްކަތްތަކާއި ފަންނުތައް ދިރުވައި އާލާކުރެވޭނެ ގޮތްތަކަކީ ކޮބައިތޯ ބަލަން އެބަޖެހޭ: ރައީސް ޞާލިޙް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ
އުވެމުން ނެތެމުންދާ މަސައްކަތްތަކާއި ފަންނުތައް ދިރުވައި އާލާކުރެވޭނެ ގޮތްތަކަކީ ކޮބައިތޯ ބަލަން އެބަޖެހޭ: ރައީސް ޞާލިޙް

ދިވެހިންގެ ފަންނުވެރިކަމާއި ހުނަރުވެރިކަމަކީ، ދިވެހި ޤައުމިއްޔަތުގެ ވަރަށް މުހިންމު ބަހާއެއް. ޤައުމީ ޚިދުމަތްތެރިންގެ އަގު ވަޒަންކުރާއިރު، އަޅުގަނޑުމެންގެ ތެރެއިން އުވެމުން ނެތެމުންދާ މަސައްކަތްތަކާއި ފަންނުތައް ދިރުވައި އާލާކުރެވޭނެ ގޮތްތަކަކީ ކޮބައިތޯ ބަލަން އެބަޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. 

ޤައުމީ ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވެވި ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން، އެފަދަ މަސައްކަތްތައް ދިރުވައި އާލާކުރުމަކީ، ރާއްޖޭގެ ޖަޒީރާވަންތަ ސިފަތައް ދެމެހެއްޓުމަށްޓަކައިވެސް ކުރަން ޖެހިފައިވާ ވަރަށް ބޭނުންތެރި ކަމެއް ކަމަށެވެ. 

"ރާއްޖޭގެ ޤައުމީ ދުވަހަކީ، ޤައުމީ ފެންވަރުގައި އަޅުގަނޑުމެން ފާހަގަކުރާ ހުރިހާ ދުވަސްތަކުގެ ތެރެއިންވެސް ވަރަށް ޚާއްޞަ ގޮތެއްގައި ފާހަގަކުރެވޭ ދުވަހެއް. ދިވެހިންގެ ޤައުމިއްޔަތާއި، ދިވެހިންގެ މިނިވަންކަމާއި، ދިވެހިންގެ އަމިއްލަވަންތަކަމާ އެންމެ ބޮޑަށް ގުޅިފައިވާ ދުވަހަކީ ޤައުމީ ދުވަސް." ކަމަސްވެސް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވިއެވެ.

 

މިއަދު އޮންލައިން