ޤައުމީ ދުވަސް އަންނައިރު އެމްޑީއެން އާމެދު ފިޔަވަޅު ނޭޅި އޮތުމަކީ ލަދުގަންނަން ޖެހޭ ކަމެއް: ޝައިޚް ޢަލީ ޒައިދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
ޤައުމީ ދުވަސް އަންނައިރު އެމްޑީއެން އާމެދު ފިޔަވަޅު ނޭޅި އޮތުމަކީ ލަދުގަންނަން ޖެހޭ ކަމެއް: ޝައިޚް ޢަލީ ޒައިދު

"ޤައުމީ ދުވަސް އަންނައިރު، ރާއްޖޭގެ އެންމެ މަތީ މަޞްލަހަތަށް ގޮން ޖަހައި އިސްލާމް ދީން ފުނޑާލަން އުޅުނު އެމްޑީއެން އޭ ކިޔުނު ލާދީނީ ޖަމިއްޔާ ޤާނޫނީ ގޮތުން އުވާލެވެން އޮއްވައިވެސް އުވާ ނުލައި އޮތުމަކީ އިންތިހާއަށް ލަދުގަންނަން ޖެހޭ ކަމެކެވެ. އަނދިރިދައުލަތުގެ ދަސުގައި މުޅި ޤައުމު! އެމްޑީއެން އުވާލާ!"—ޝައިޚް ޢަލީ ޒައިދު 

ޝައިޚް ޢަލީ ޒައިދު މިފަދަ ބަސްފުޅެއް ވިދާޅުވެފައި މިވަނީ ޤައުމީ ދުވަހާއި އިސްލާމް ދީން ހިމާޔަތްކުރުމާއި ވަރަށް ބޮޑަށް ގުޅި ލާމެހިފައިވާތީއެވެ. 

ރާއްޖޭގެ ތާރީޚަށް ބަލައިފިނަމަ ޤައުމީ ދުވަސް ފާހަގަކުރަނީ އުތީމު މަހާރަދުންނާއި އެމަނިކުފާނުގެ ބައިވެރިން، ރާއްޖެ އަށް ވެރިވެގަނެ ރައްޔިތުން އަޅުވެތިކޮށް ދިވެހިރައްޔިތުން ނަޞާރާ ދީނަށް ގަދަކަމުން ވައްދުވަން މަސައްކަތް ކުރި ޕޯޗުގީޒުންގެ ކިބައިން ރާއްޖެ ސަލާމަތްކުރައްވަވައި ރާއްޖޭގެ މިނިވަންކަމާއި އިސްލާމް ދީނާއި އިސްތިޤްލާލް ޙިމާޔަތް ކުރެއްވެވި ދުވަސް ފާހަގަކުރުމަށެވެ. 

މިއަދު ރާއްޖޭގެ 99 އިންސައްތަ ރައްޔިތުން ކަންބޮޑުވުން ފައުޅުކުރަމުން އެ ގެންދަނީ ޕޯޗްގީޒުންނަށްވުރެވެސް އަނިޔާވެރި ގޮތުގައި ރާއްޖެއިން އިސްލާމް ދީން ފުހެލަން މަސައްކަތް ކުރާ އެމްޑީއެން އާއިމެދު ފިޔަވަޅު ނުއެޅި ލަސްވަމުން ދާތީ ގިނަ ބައަކު ދަނީ ކަންބޮޑުވުން ފައުޅުކުރަމުންނެވެ.

މިއަދު އޮންލައިން