ﷲ އާ ރަސޫލާ (ޞޢވ)ގެ ދިފާޢުގަ ނުނުކުންނަން އެންގުމަކީ ކޮންފަދަ ބޮޑު އަނިޔާވެރިކަމެއްތޯ؟: ޑރ. އިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
ﷲ އާ ރަސޫލާ (ޞޢވ)ގެ ދިފާޢުގަ ނުނުކުންނަން އެންގުމަކީ ކޮންފަދަ ބޮޑު އަނިޔާވެރިކަމެއްތޯ؟: ޑރ. އިޔާޟް

"ތިމާމެން ބޭނުންވާ ސިޔާސީ މަންފާ ޙާޞިލުކުރަން ބޭނުންވީމަ، ސިވިލް ސަރވަންޓުން އިހްތިޖާޖަށް ނެރުމަކީ މައްސލައެއް ނޫނެވެ! އެހެން ނަމަވެސް ﷲ ތަޢާލާ އާއި މިއުންމަތުގެ ލޮބުވެތި ނަބިއްޔާ (ޞޢވ)ގެ ދިފާޢުގައި މީހަކު ނުކުންނަން ބޭނުންވީމާ އެއީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ކަނޑައެޅުމަކީ ކޮންފަދަ އަނިޔާވެރި ޙުކުމެއްތޯ؟ އެމްޑީއެން އުވާލާ"—ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

ޑރ. އިޔާޟް މިފަދަ ބަސްފުޅެއް ވިދާޅުވެފައިމިވަނީ ރާއްޖެއިން އިސްލާމް ދީން ފުހެލަން މަސައްކަތްކުރާ އެމްޑީއެން އުވާލުމަށާއި އެ ޖަމިއްޔާއިން ނެރުނު ލާދީނީ ރިޕޯޓް ނެރުނު މީހުންނާއިމެދު ޤާނޫނީ ފިޔަވަޅު އަޅައި ދިނުމަށް ގޮވާލައި ބާއްވަމުން ގެންދާ އެއްވުންތަކުގައި ސިވިލް ސަރވަންޓުން ބައިވެރިނުވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އެދިވަޑައިތުމުން ނެވެ. 

 

ސިވިލް ސަރވިސް ކޮމިޝަނަކީ މިނިވަން މުއައްސާއެކެވެ. އެ ކޮމިޝަން ހިންގަނީ ޤާނޫނެއްގެދަށުން ޤަވާއިދުތަކެއް ހަދައިގެންނެވެ. ޤާނޫނުތައް ބަދަލުކުރަނީ އެކަމަށް އިޞްލާހް ހުށަހަޅައިގެންނެވެ. ރާއްޖޭގެ މުޅި ތާރީޚަށް ބެލިނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސަކު ސިވިލްސަރވަންޓުންގެ މައްޗަށް މިފަދައިން ޚުދުމުޚުތާރުކަމާ ނުފޫޒު ފޯރުވަން މަސައްކަތްކުރުކަން އެނގިފައެއް ނެތެވެ.

 

އެމްޑީއެމް އާ ދެކޮޅަށް އެއްވާ އެއްވުންތަކުގައި ބައިވެރިވާ މީހުންގެ އަދަދު މަދުކުރުވުމަށާއި ސިވިލްސަރވިސް މުވައްޒިފުން ބައިވެރިވިއަ ނުދޭން ބޭނުންވާތީ އެފަދަ އެއްވުންތަކަށް ރައީސް ނަޝީދު ދެއްވާފައިވާ ނަމަކީ "ހަމަނުޖެހުމަށް ގޮވާލާ އެއްވުންތަކެވެ."

މިއަދު އޮންލައިން