ޖިންސީ ގުޅުން ހިންގަންވީ ގޮތް އިސްލާމް ދީނުގައި ވަރަށް ސާފެވެ. އަދި ޖުމުލަކޮށް ބުނާނަމަ ހުރިހާ ދީނެއްގައި ވެސް ޖިންސީ ގުޅުން ހިންގަން އޮތީ އަންހެނަކާއި ފިރިހެނަކު ކައިވެނިކޮށްގެންނެވެ. ކައިވެނީގެ ބޭރުން ޖިންސީ ގުޅުން ހިންގުން ހުއްދަކުރާ ދީނެއް ނެތެވެ. އަދި އެއް ޖިންސުން ގުޅުން ހިންގުން ހުއްދަކުރާ ދީނެއްވެސް ނެތެވެ. އެކަންކަން ހުއްދަކުރާމީހަކު އެކަންކަން ހުއްދަކުރަނީ ދީނުން ބޭރުންނެވެ.
ދީނުގައި ނެތް ގޮތަށް ޖިންސީ ގުޅުން ހިނަގުން މިއަދު މިވަނީ ޢާންމުކަމަކަށްވެފައެވެ. އެކަމުގެ ސަބަބުން ނުރައްކައުތެރި ބަލިތައް މިވަނީ ފެތުރިފައެވެ. މިހާރުވެސް ދަނީ ފެތުރެމުންނެވެ. ހިތާމައަކީ އެކަމުގެ ވާހަކަ ދައްކާ މީހުން މިއަދު މަދުކަމެވެ. ޙައްޤު ގޮތް ބުނެދޭން މަސައްކަތްކުރާ ޖަމާއަތްތައްވެސް މަދުކަމެވެ.
އެޗްއައިވީގެ އެންމެ ނުރައްކައުތެރި ބާވަތްތައް ޖެހެމުންދަނީ ޖިންސީ ގުޅުމުގެ ސަބަބުންނެވެ. އެކަން އެންމެންވެސް ޤަބޫލުކުރެއެވެ. ނަމަވެސް އެކަމުގެ ނުރައްކަލުގެ ވާހަކަތައް ދެއްކުމުގެ ބަދަލުގައި ޖަމާއަތްތަކުން ބުނަނީ ވެކްސިން ޖެހުމަށެވެ. ބަލިވީމާ ބޭސްކުރުމަށެވެ. އެކަން ނުކުރަން ބުނާކަށް ނުކެރެއެވެ. މިކަމުގައި އެންމެ ބޮޑަށް ފޭލްވެފައިވަނީ އދ އެވެ. ޑަބްލިޔޫއެޗްއޯއެވެ!
އިންސާނުން މިހައި ދަށުދަރަޖައަކަށް ވެއްޓެން ހެޔޮވެދާނެ ހެއްޔެވެ؟ ވަލުޖަނަވާރުތަކަށް ބެލި ނަމަވެސް އެ އެއްޗެތިވެސް އެއްޖިންސުން ގުޅުން ހިންގުމަކީ ކުރާ ކަމެއް ނޫނެވެ. ނަމަވެސް އިންސާނުން މިއަދު މިކަމުގައި މިވަނީ ވަލުޖަނަވާރުންނަށްވުރެވެސް މާދަށުދަރަޖައެއްގައެވެ. އެއްޖިންސުން ގުޅުން ހިންގައި އެއްޖިންސުން ކައިވެނިވެސް ކުރަމުން ގެންދަނީ ލަދެއް ހަޔާތެއް ނެތިއެވެ.
އެއްޖިންސުން ގުޅުން ހިނަގުމަކީ ޞިއްހީ ގޮތުން ބޮޑެތި މައްސަލަތައް ކުރިމަތި ނުވާ ކަމެއްކަމަށް ބުނާނެ އެންމެ ޑޮކްޓަރަކުވެސް ހުރެއްޖެ ނަމަ އެއީ ވަރަށް ބޮޑު މައްސަލައެކެވެ. އެހެނީ އެއް ޖިންސުން ގުޅުން ހިންގުމުގެ ހުރި ޞިއްޙީ ގެއްލުންތައް އެއީ ކަނޑައެޅިގެން ސާބިތު ކަންކަން ކަމުގައިވާތީއެވެ.
ދާދިފަހުން އެމެރިކާގެ އެއްޖިންސުން ގުޅުން ހިންގާ ކޮމިޔުނިޓީގެ ތެރެއިން ފެނިފައިވާ "މެނިންޖައިޓިސް"ގެ އެންމެ ނުރައްކާތެރިބާވަތް ފެނުނުމުން ވެސް އެއީ އެތައް ބައަކު މަރުވެގެން ހިނގައިދާނެ ބައްޔެއް ކަމުގައިވާއިރުވެސް ޑޮކްޓަރުން މިތީ އެކަންކަމުގެ ވާހަކަ ދައްކަން ފަސްޖެހިފައެވެ. މިފަދަ ނުރައްކައުތެރި ބަލިތަކާއިމެދު ރައްޔިތުން ހޭލުންތެރި ނުކުރެވޭނަމަ ޑޮކްޓަރުންގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ ޑޮކްޓަރުންގެ މަސްއޫލިއްޔަތު އަދާކުރެވޭ ހެއްޔެވެ؟
މީސްތަކުންނޭވެ! އިންސާނުންގެ ޙަޔާތުގައި އެންމެ މުހިންމު އެއް ކަމަކީ ޒަވާޖީ ހަޔާތުގެ ގުޅުމެވެ. މިއީ އެއްވެސް މީހަކަށް ދެބަސް ވެވެން އޮތްކަމެއް ނޫނެވެ. ބޭނުންވާ އުފާވެރިކަން ޒަވާޖީ ޙަޔާތުގެ ތެރެއިން ލިބިގްނަނާށެވެ!
- 2014 ވަނަ އަހަރު ޝައިޚް ހަމްޒާ ޔޫސުފް ދެއްވާފައިވާ ދަރުސަކުން