ކޮންމެހެން ނުކުންނަން ޖެހިގެން ނޫނީ މަގުމައްޗަށް ނުނުކުތުމަށް ދީނީ ޢިލްމުވެރިންނަށް އިލްތިމާސްކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 8ސ
ކޮންމެހެން ނުކުންނަން ޖެހިގެން ނޫނީ މަގުމައްޗަށް ނުނުކުތުމަށް ދީނީ ޢިލްމުވެރިންނަށް އިލްތިމާސްކޮށްފި

ކޮންމެހެން ނުކުންނަން ޖެހިގެން ނޫނީ މަގުމައްޗަށް ނުނުކުތުމަށް ދީނީ ޢިލްމުވެރިންނަށް އިލްތިމާސްކޮށްފި އެވެ. 

"ބޭން އެމްޑީއެން" ހަރަކާތުން މިއަދު ބުނެފައިވަނީ ކުރިއަށް އޮތްތަނުގައި ރާއްޖޭގެ ދީނީ ޢިލްމުވެރިން އެބޭފުޅުންގެ އަމިއްލަފުޅު ސަލާމަތީ ކަންކަމާއިމެދުގައި ޚާއްޞަ ސަމާލުކަމެއް ބެހެއްޓެވުމަށް އެދޭ ކަމަށެވެ. 

ދީނީ ޢުލްމުވެރިންނަށް އިލްތިމާސްކޮށްފައިވާ ކަންކަމުގެ ތެރޭގައި ޝައްކެއް ވެއްޖެނަމަ ކަމާއިބެހޭ ފަރާތްތަކަށް އިލްތިމާސް ކުރުމަށާއި ހެނދުނާއި ހަވީރުގެ ޛިކްރުތައް ކިޔުން ވެސް ހިމެނެއެވެ.

ރާއްޖެއިން އިސްލާމް ދީން ފުހެލަން މަސައްކަތްކުރާ އެމްޑީއެން އިން ނެރުނު "ސެޓަނިކް ރިފޯމް ޕޭޕަރސް" އާއި ގުޅިގެން އެއިގައި ހުރި ކަންބޮޑުވުންތައް ފާހަގަކުރައްވައި ދީނީ ޢިލްމުވެރިން އެކަންކަން ރައްޔިތުންގެ ސަމާލުކަމަށް ގެންނަން ފެށި ހިސާބުން ބައެއް ޢިލްމުވެރިންނަށް ތަފާތު އިންޒާރުތައް ދެމުން ގެންދާ ކަމުގެ މައުލޫމާތު ދަނީ ލިބެމުންނެވެ. ނަމަވެސް އެކަމަށް އެބޭފުޅުން ސަމާލުކަން ނުދެއްވާކަން ވެސް ވަނީ ފާހަގަކުރެވިފައެވެ. 

މިކަމުގެ މައްސަލަތައް މިހައި ހޫނުވަމުން މިދަނީ އިސްލާމް ދީނުގެ ދިފާޢުގައި ޢިލްމުވެރިން ކުރައްވާ މަސައްކަތްތަކަކީ ޤައުމުގައި ހަމަނުޖެހުން އުފައްދަވަން ކުރައްވާ މަސައްކަތުގެ ގޮތުގައި ރައީސް ނަޝީދު ސިފަކުރެއްވުމުންކަންވެސް ފާހަގަކުރެވެއެވެ.

 

 

 

މިއަދު އޮންލައިން