ﷲ ގެ ދީން މަތިވެރިކުރުމަށް ކުރާ މަސައްކަތުގައި ދޫ ނުދޭށެވެ! އެހެނީ ﷲ ތަޢާލާ މުސްލިމުން ދޫކޮށެއް ނުލައްވަވަތެވެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 37ސ
ﷲ ގެ ދީން މަތިވެރިކުރުމަށް ކުރާ މަސައްކަތުގައި ދޫ ނުދޭށެވެ! އެހެނީ ﷲ ތަޢާލާ މުސްލިމުން ދޫކޮށެއް ނުލައްވަވަތެވެ!: މުފްތީ މެންކް

"ﷲ ތަޢާލާގެ ދީން މަތިވެރިކުރުމަށް ކުރާ މަސައްކަތުގައި މާޔޫސްވެ ފަސް ނުޖެހޭށެވެ! ދޫ ނުދޭށެވެ! އެހެނީ ﷲ ތަޢާލާ މުސްލިމުން ދޫކޮށެއް ނުލައްވަވަތެވެ! 

ސާބިތުވާންވީ ކީރިތި ޤުރްއާނުގައެވެ. ރަސޫލް (ޞޢވ)ގެ ސުންނަތުގައެވެ. ގަދައަޅައި މަސައްކަތްކުރަންވީ ކީރިތި ޤުރްއާނާއި ރަސޫލް (ޞޢވ)ގެ ސުންނަތް މަތިވެރިކުރުމަށެވެ. ގޮވާލަންވީ ﷲ ތަޢާލާ ބާވައިލެއްވެވި ކީރިތި ޤުރްއާނުގައިވާ ކަންކަމަށެވެ. ސާބިތުވާންވީ ޤުރްއާނުގައެވެ. 

އެމަސައްކަތުގައި ހުރިހާ މުސްލިމުންވެސް ސާބިތުވާށެވެ! ބައަކު ޤަބޫލުނުކުރާތީވެސް ކަންބޮޑު ނުވާށެވެ! ހިދާޔަތް ލިބޭނީ ހޯދަން ބޭނުންވެގެން މަސައްކަތްކުރާ ބައަކަށެވެ. ﷲ ތަޢާލާ ހިދާޔަތު ދެއްވެވި ބައަކަށެވެ. ވީމާ އެބައި ﷲ ތަޢާލާއަށް ވަކީލުކުރާށެވެ!"

 

- މުފްތީ މެންކު

މިއަދު އޮންލައިން