ރާއްޖެއިން އިސްލާމް ދީން ފުހެލަން މަސައްކަތްކުރާ އެމްޑީއެން އިން ނެރުނު ރިޕޯޓެއް ކަމަށް ބުނާ "ސެޓަނިކް ރިފޯމް ޕޭޕަރސް" ދިފާޢުކުރާ އެންމެ އިސް މީހުން އެ ރިޕޯޓު ދިފާޢުކޮށް އެރިޕޯޓް ކުށްވެރިކުރަނީ ސީރިޔާއަށް މީހުން ފޮނުވާ މީހުން ކަމަށް ބުނަމުން ދަނިކޮށް ހަމަ އެރިޕޯޓާއި ދެކޮޅަށް ކ. ހިންމަފުށީގެ ރައްޔިތުންގެ ގިނަ ބައަކު ނުކުމެ އިއްޔެ ވަނީ އަޑު އުފުލައިފައެވެ.
އެމީހުން ވެސް ގޮވީ އެމްޑީއެން އުވާލުމަށާއި ކުށްކުރި މީހުންނަށް އަދަބު ދިނުމަށެވެ. އެކަންކަން އަވަސްކުރުމަށެވެ.
ސުވާލަކީ އެ އެންމެންނަކީ ވެސް ސީރިޔާއަށް މީހުން ފޮނުވާ މީހުންތޯއެވެ؟ ނޫނީ އެއީ ހަމަ ހައްދުފަހަނައަޅާފައިވާ ޓެރަރިސްޓުންތޯއެވެ؟ ގިނަ ބައެއްގެ ވަރަށް ސާފު ޖަވާބަކީ އެންމެ ބޮޑެތި ޓެރަރިސްޓުންނަކީ އެމްޑީއެން އިން އިސްލާމް ދީނާއި ދެކޮޅަށް ހިންގި ބޮޑު ޖަރީމާ ދިފާޢުކުރާ، އަދި އެކަންކުރި "ކުދިންކޮޅު" ކުރި ނުބައިކަން ބޮޑު ޢަމަލު ހީމާޔަތްކުރަން މަސައްކަތްކުރާ މީހުން ކަމެވެ.
Mives hus terroristun? @MohamedNasheed
— #BanMDN (@SamoohSaeed) October 26, 2019
Dhivehi rayyithunnaa dhimaala thihen govan heyovaanetho https://t.co/NA1TGfcDPn