"ލާދީނީ އެމްޑީއެން ބަންދުކުރަން ގޮވާލި ކައުންސިލްތަކުގެ އަދަދު 110 އަށް އަރައިފި! އަލްޙަމްދުލިﷲ! ކޮށްލަން ބޭނުންވާ ސުވާލަކީ މިހުރިހާ ކައުންސިލްތަކާއި ލާދީނީ އެމްޑީއެން ބަންދުކުރަން ގޮވާލަމުންދާ އެތައް ހާސް ރައްޔިތުންނަކީ ވެސް ހަމަ ސީރިޔާއަށް މީހުން ފޮނުވާ މީހުންތޯއެވެ!
ތިއަ ދައްކަވާ މޮޔަ ވާހަކަ ނުދައްކަވާ އަވަހަށް އެމްޑީއެން ބަންދުކުރައްވާށެވެ! އެއިރުން ގައިމު ނިމުނީއެވެ!" ޝައިޚް ޢަލީ ޒައިދު
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވެސް ވަނީ އެމްޑީއެންގެ ރިޕޯޓް އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރައްވައިފިއެވެ. އަދި އެރިޕޯޓްގައި މަދީ ހަމަ އެކަނި ރަސޫލް (ޞޢޥ) އައަށް ޞަލަވާތް ލިޔެފައި ނެތުން ކަމަށްވިދާޅުވެ އެކަން ކުރި "ކުދިން"ގެ ދިފާޢުގައި މިހާރު މަސައްކަތްކުރައްވަމުން ގެންދަވާ ރައީސް ނަޝީދުވެސް ފުރަތަމަ މަރުހަލާގައި ވަނީ އެ ރިޕޯޓުގައި ބޮޑެތި މައްސަލަތަކެއް އެބަހުރި ކަމަށް ވިދާޅުވެފައެވެ.
މައްސަލަ އުފެދި ދިގުލައިގެން މިދަނީ ރިޕޯޓުގައި ހުރި ކުށްތައް ފާހަގަކުރެވި ފިޔަވަޅު އަލަންޖެހޭކަން ސާބިތުވި ހަމައިންނެވެ.