"ނަބިއްޔާ (ޞޢވ) އަށް ފުރައްސާރަކުރި ލާދީނީ ބައަކަށް ފިޔަވަޅު އަޅައިދޭށޭ ކިޔަމުން، ކަމާއިބެހޭ އިދާރާތަކާއި ޒިންމާ ނަންގަވަން ޖެހިވަޑައިގަންނަވާ ބޭފުޅުންގެ އަރިހުގައި، މުސްލިމް ދިވެހި ރައްޔިތުންނަށް އާދޭސްކުރަން ޖެހުމަކީ ލަދުވެތި ކަމެކެވެ."—ފަޟީލަތުއްޝައިޚް ޢަލީ ޒާހިރު ބިން ސަދަޢީދު ޤާސިމް
ސަރުކާރު ވެރިކަމަށް އައީ އިސްލާމް ދީން ޙިމާޔަތް ކޮށް ނަޞްރު ދޭނެ ކަމުގެ ވައުދުގައެވެ. އިސްލާމް ދީން ފުހެލުމަށް ދުނިޔޭގެ ފެންވަރުގައި ކުރަމުން ގެންދާ މަސައްކަތްތަކަށް ބެލި ނަމަވެސް ދުނިޔޭގައި މިހައިތަނަށް އިސްލާމް ދީނާއި ދެކޮޅަށް ހިންގި އެންމެ ބޮޑު އެއް ޖަރީމާއަކީ ރާއްޖެއިން އިސްލާމް ދީން ފުހެލަން މަސައްކަތްކުރާ އެމްޑީއެން އިން ނެރުނު "ޝައިޠާނާގެ މަގަށް ވިސްނުން ބަދަލުކުރުވާ ލިޔުން" ކަން އެއީ ސާބިތުވާ ކަމެކެވެ.
އެހެންކަމާއިއެކުވެސް އެ ބޮޑު ޖަރީމާ އަދިވެސް ހަދައިގެން އުޅެނީ ޔެލޯ ލައިންގައި ސައިކަލެއް ޕާކްކުރުމަށްވުރެ ވެސް ކުޑަ ކަމެއް ކަމަށް ބުނެ ގިނަ ބއަކު ގެންދަނީ ނުރުހުން ފައުޅުކުރަމުންނެވެ.