ކީރިތި ޤުރްއާނާމެދު ސުވާލު އުފައްދާ މީހުން ޑރ. ޒާކިރް ނައިކުގެ މީވީޑިއޯ ބަލާބަލަ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 51ސ
ކީރިތި ޤުރްއާނާމެދު ސުވާލު އުފައްދާ މީހުން ޑރ. ޒާކިރް ނައިކުގެ މީވީޑިއޯ ބަލާބަލަ!: މުފްތީ މެންކް

ކީރިތި ޤުރްއާނާމެދު ސުވާލު އުފައްދާ މީހުން ޑރ. ޒާކިރް ނައިކުގެ މީވީޑިއޯ އިން ނިކަން ކުށެއް ދައްކައިބަލާށެވެ! ޑރ. ޒާކިރު ނައިކް މި ދަރުސް ދެއްވަވާފައިވަނީ 24 ސެޕްޓެމްބަރު 2014 ގައެވެ. ވީމާ 5 އަހަރު ފުރުނީއެވެ. 

ހަމަ އެންމެ އާޔަތަކާއި ބެހޭ ގޮތުން ދައްކަވާފައިވާ އެއްވެސް ވާހަކަފުޅަކަށް އެއްވެސް ސައިންސްވެރިއަކަށް ރައްދު ދެވިފައެއް ނުވެއެވެ. ވީމާ ﷲ ތަޢާލާ ވަޙީކުރައްވަވާފައިވާ ބަސްފުޅަށް ގޮންޖަހައި މުޅި ދުނިޔެ އެއްވެގެންވެސް ކީރިތި ޤުރްއާނުގައިވާ އެންމެ އާޔަތެއްވެސް ނިކަން ދޮގުކޮށްލަބަލާށެވެ! 

ޑރ. ޒާކިރު ނައިކް ބަޔާންކުރައްވާ ގޮތުގައި ކީރިތި ޤުރްއާނުގައި ސައިންސާއި ގުޅުންހުރި 1000 އަށްވުރެ ގިނަ އާޔަތްވެއެވެ. އަޅެ އެތަނުން އެންމެ އާޔަތެއްވެސް ދޮގު ނުކުރެވިގެން މިއުޅެނީ ކީއްވެގެން ހެއްޔެވެ؟ 

އިމާމް މުފްތީ އިސްމާޢީލް މެންކް ވެސް އެދިވަޑައިގެންފައިވަނީ މި ވީޑިއޯ ބަލައި ޢިބްރަތް ޙާޞިލުކުރުމަށެވެ. ކީރިތި ޤުރްއާނުގެ ފުރިހަމަކަން ދެނެގަތުމަށެވެ.

 

މިއަދު އޮންލައިން