"މަކަރުވެރިން އަޅުގަނޑުމެން ހުއްޓުވުމަށްޓަކައި ރާވާރޭވުންތަކާއިމެދު ކަންބޮޑުވުމެއް ނެތެވެ. ﷲ ވޮޑިގެންވެއެވެ. އައްސަވައިވޮޑިގެންވެއެވެ. އަދި ބައްލަވައި ވޮޑިގެންވެސްވެއެވެ.
އިސްލާމް ދީނަށް ގޮންޖެހި އެމްޑީއެން ﷲ އާއި ރަސޫލުންނަށްޓަކައި އުވާލަން ޖެހެއެވެ. އަދި ބައިވެރިންނަށް ޖިނާޢީ ތަޙްޤީޤް އަވަސްކުރަން ޖެހެއެވެ." – ޝައިޚް ޢަލީ ޒައިދު
ދީނީ ޢިލްމުވެރިން ވިދާޅުވަމުން ގެންދަވަނީ އެމްޑީއެން އިން މާތް ﷲ އާއި އެކަލާނގެ ރަސޫލާ (ޞޢވ) އަށް ބަދުބަސް ބުނެ ފުރައްސާރަކޮށް އިސްލާމް ދީނާއިމެދު ކަނޑައެޅިގެން ދޮގު މައުލޫމާތު ފެތުރި މައްސަލައިގައި އިންޞާފް ހޯއްދަވަން ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ އާއި އެއްގޮތަށް އެބޭކަލުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތައް، ދައްކާ ބިރަކަށް ބިރުން ހުއްޓަވައި ނުލައްވާނެ ކަމަށެވެ.