އެމްޑީއެން އުވާލުމުގެ މައްސަލަ އަމިއްލަ ފަރާތަކުން ކޯޓަށް ހުށަހަޅައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 42ސ
އެމްޑީއެން އުވާލުމުގެ މައްސަލަ އަމިއްލަ ފަރާތަކުން ކޯޓަށް ހުށަހަޅައިފި

ރާއްޖެއިން އިސްލާމް ދީން ފުހެލަން މަސައްކަތްކުރަމުން އަންނަ އެމްޑީއެން އުވާލުމުގެ މައްސަލަ އަމިއްލަ ފަރާތަކުން ކޯޓަށް ހުށަހަޅާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް އަމިއްލަ އޮންލައިން ނޫހަކުން ބުނެފިއެވެ. އެނޫހުން ބުނެފައިވަނީ އެ މައްސަލަ ހުށަހެޅީ އިއްޔެ ކަމަށާއި ނަމަވެސް މައްސަލަ ބަލައިގަތުމާއިމެދު ގޮތެއް ނިންމިކަން އަދި އެނގިފައި ނުވާ ކަމަށެވެ. 

އެމްޑީއެން ކުރި ޤާނޫނާއި ޚިލާފް ކުށްތަކާއި އެމްޑީއެން އިން ނެރުނު ރިޕޯޓުގައި ހުރި އިސްލާމް ދީނާއި ޚިލާފް މައްސަލަތައް ދީނީ ޢިލްމުވެރިން ވަނީ ބަޔާން ކުރައްވައިފައެވެ. މިހައިތަނަށް ބަލާއިރު ދީނީ ޢިލްމުވެރިންގެ ގުޅުމުގެ އިތުރުން 70 ވަރަކަށް ރަށުގެ ކައުންސިލްތަކުންވެސް  ވަނީ އެމްޑީއެން އުވާލަން ގޮވާލައިފައެވެ. 

އެމްޑީއެން އުވާލުމާއި ދެކޮޅަށް ބަޔާނެއް ނެރެފައިވަނީ ހަމައެކަނި އެމްޑީޕީންނެވެ.

މިއަދު އޮންލައިން