ސަޢޫދީ ޢަރަބިއްޔާގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒްގެ މަޤާމަށް އަލަށް އައްޔަންކުރެވުނު ހިޒް ރޯޔަލް ހައިނެސް ޕްރިންސް ފައިޞަލް ބިން ފަރްޙާން އަލް ސަޢުދު އަށް، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދު މަރުޙަބާގެ މެސެޖެއް ފޮނުއްވައިފިއެވެ.
އެމަނިކުފާނުގެ މި މެސެޖުގައި ދެޤައުމުގެ ދެމެދުގައިވާ ގާތް އަޙުވަންތަ ގުޅުމަށް އަލިއަޅުއްވާލައްވައި، މި ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް އެމަނިކުފާނާއިއެކު ވަރަށް ގާތުން މަސައްކަތްފުޅު ކުރައްވަން ތައްޔާރަށް ހުންނެވިކަމުގައި ވިދާޅުވިއެވެ. އަދި އެމަނިކުފާނަށް ދުޅަހެޔޮ ސިއްޙަތަކަށް އެދިވަޑައިގަންނަވާ ކަމަށާއި، ސަޢުދީ ޢަރަބިއްޔާއަށާއި ސަޢޫދީ ރައްޔިތުންނަށް ދެމިގެންދާނެ ތަރައްޤީއާ ފާގަތިކަމަށް އެދިވަޑައިގަންނަވާ ކަމުގައި ވިދާޅުވިއެވެ.