ރާއްޖެއިން އިސްލާމް ދީން ފުހެލަން މަސައްކަތްކުރާ އެމްޑީއެން މައްސަލަ ހިލުމާއިއެކު، ފޮރުވިގެން ފިލައިތިބި ވަރަށް ގިނަ ބައަކު (އެމްޑީއެންގެ ބައިވެރިން) ބޭޒާރުވެއްޖެކަމަށް ޝައިޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ޝައިޚް ޢަލީ ޒައިދު ވިދާޅުވީ އިސްލާމް ދީން ފުނޑާލުމަށް ރާވާފައިވާ އެޖެންޑާތަކާއި މިއެޖެންޑާތައް ދިފާޢޫކުރަން ތެދުވީވެސް ކޮން ބައެއްކަންވެސް މިހާރު މިވަނީ ރައްޔިތުންނަށް ހާމަވެ އެނގިފައި ކަމަށާއި އެކަމުގެ ސަބަބުން އެމީހުންނަށް އޮތް ރައްޔިތުންގެ ތާއީދު ގެއްލެމުންދާ ކަމަށެވެ.
މާތް ﷲ ވާގިފުޅާއިއެކު އިސްލާމް ދީނާއި ނުކުޅެވޭނެކަމަށާއި އެކްނަ ކުރަން މަސައްކަތްކުރާ ބައަކު ނިކަމެތި ކުރައްވަވައި ފަޟީޙަތް ކުރައްވަވާނެ ކަމަށްވެސް ޝައިޚް ޢަލީ ޒައިދު ވަނީ ވިދާޅުވެފައެވެ.
"ކޮންމެއަކަސް އެމްޑީއެން މައްސަލަ ހިލުމާއިއެކު، ވަރަށް ގިނަ ބައަކު ބޭޒާރުވެއްޖެ.! އިސްލާމް ދީން ފުނޑާލުމަށް ރާވާފައިވާ އެޖެންޑާތަކާއި މިއެޖެންޑާތައް ދިފާޢޫކުރަން ތެދުވީވެސް ކޮން ބައެއްކަންވެސް މިހާރު މިވަނީ ރައްޔިތުންނަށް ހާމަވެ އެނގިފައެވެ. މިމީހުންނަށް އޮތް ސަޕޯޓް ގެއްލިއްޖެއެވެ. އިސްލާމް ދީނަކާއި ނުކުޅެވޭނެއެވެ! އިން ޝާ ﷲ!