ޖަލު ބަންދުގައި ތިބޭ މީހުންނަށް ބޮލުގެ އިސްތަށިގަނޑާއި ތުނބުޅި ދިގުކުރެވޭ ގޮތް ހަދައިފި!

ކިޔުމަށް ހޭދަވާނީ 53ސ
ޖަލު ބަންދުގައި ތިބޭ މީހުންނަށް ބޮލުގެ އިސްތަށިގަނޑާއި ތުނބުޅި ދިގުކުރެވޭ ގޮތް ހަދައިފި!

ޖަލު ބަންދުގައި ތިބޭ މީހުންނަށް ބޮލުގެ އިސްތަށިގަނޑާއި ތުނބުޅި އަދި މަތިމަސް ދިގު ކުރެވޭ ގޮތަށް ކަރެކްޝަނަލް ސާވިސުން އިއްޔެ ހަމަޖައްސައިފި އެވެ.

އެ އިދާރާގެ ބެލުމުގެ ދަށުގައި ބަންދުގައި ތިބޭ މީހުންގެ ސުލޫކީ މިންގަނޑު ބަހައްޓަންޖެހޭ ގޮތުގެ އުސޫލުގައި ކުރިން އޮންނަ ގޮތުން، ފިރިހެނުންގެ ބޮލުގެ އިސްތަށިގަނޑާއި ތުނބުޅި ދެ ސެންޓި މީޓަރަށް ވުރެ ދިގު ނުކުރެވޭނެ އެވެ. އަދި މަތިމަސް ވެސް ހުންނަން ޖެހޭނީ ތުނިކޮށް ކޮށާފައި ނުވަތަ ބާލައިފަ އެވެ.

ނަމަވެސް އެ އުސޫލަށް މިހާރު ގެނެސްފައިވާ އިސްލާހުގައި، ބޮލުގެ އިސްތަށިގަނޑާއި ތުނބުޅި އަދި މަތިމަސް ދެ ސެންޓި މީޓަރަށް ވުރެ ދިގު ނުކުރެވޭ ގޮތަށް އޮތް ބައިގެ ބަދަލުގައި މިހާރު ހަމަޖައްސާފައިވަނީ އިސްތަށިގަނޑާއި ތުނބުޅި އަދި މަތިމަސް ސާފުތާހިރުކޮށް ބަހައްޓަންޖެހޭ ގޮތަށެވެ.

މީގެ އިތުރުން، އަންހެން ގައިދީންގެ ބޮލުގެ އިސްތަށިގަނޑު ކޮނޑު ހުޅަށް ވުރެ ކުރު ނުވާނެ މިންވަރަށް ކޮށުމުގެ ފުރުސަތު ލިބޭ ގޮތަށް އޮތް ބައި މިހާރު ވަނީ އެއުސޫލުން އުނިކޮށްފަ އެވެ.

މިއަދު އޮންލައިން